އަބްދުއްރަހީމް، ޔާމީނަށް: ވަރިކުރި އަނބިމީހާއަށް މާ ހެޔޮގޮތް ހޯދާދޭން ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއްނޫން

އަބްދުއްރަހީމް، ޔާމީނަށް: ވަރިކުރި އަނބިމީހާއަށް މާ ހެޔޮގޮތް ހޯދާދޭން ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއްނޫން

Author
ހުސެއިން
31 މާރޗް 2024 01:14
0

އަންހެނުން ވަރިކޮށްފައި ދެން އެ ވަރިކުރި އަނބިމީހާ މާ ރަނގަޅުގޮތް އެދިގެން ނުވަތަ މާ ހެޔޮގޮތް ހޯދާދޭން ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއްނޫން ކަމަށް ވިދާޅުވެ، ރައީސް މުއިއްޒުގެ އިސް މުޝީރު ކުރީގެ ރައީސް ޔާމިންއަށް ރައްދު ދީފައެވެ.

އްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ސ. ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ޝާހިދުގެ ކެމްޕޭން ހަރަކާތެއްގައި ރޭ ވާހަކަ ދައްކަވަމުން ވިދާޅުވީ ޕީޕީއެމް/ޕީއެންސީއާ ގުޅޭގޮތުން ވާހަކަ ދައްކަވަން ޔާމީނަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

އަދި އަބުދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަށް ރަނގަޅުވާނެ ގޮތް ހޯއްދަވާނީ ރައީސް މުއިއްޒު ކަމަށާއި ޕާޓީއަށް ދިރުން ގެނެސްދެއްވޭނީވެސް އެމަނިކުފާނު ކަމުގައެވެ.

އަންހެނުން ވަރިކޮށްފައި ދެން އެ ވަރިކުރި އަނބިމީހާ މާ ރަނގަޅުގޮތް އެދިގެން ނުވަތަ މާ ހެޔޮގޮތް ހޯދާދޭން ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއްނޫން. ވަރިކޮށްލާނީ ހިތްހަމަނުޖެހުނީމަ.

ޔާމީންނަށް ނުސީދާކޮށް ރައްދުދީ ވާހަކަ ދައްކަމުން ރޭގެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބުދުއްރަހީމް ވިދާޅުވީ އަމިއްލަ މަސަލަހަތުގައި އެހެން އެންމެން ކަތިލާން ވިސްނުމަކީ ގައުމަށް އިޚްލާސްތެރިވުން ނޫންކަމަށާއި، މީކުރިން ޕީޕީއެމް/ޕީއެންސީ މަގުމަތިކޮށްލަންވެސް ބަޔަކު މީހުން މަސައްކަތް ކޮށްފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.