ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް ދިމާވާތީ ސްކޫލު ކުދިންގެ އިމްތިހާނު އަވަސް ކުރަން ކުރިން ނިންމި ނިންމުން ބަދަލު ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
ސަންގު ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އިމްތިހާން އަވަސްކުރުމަށް ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އިމްތިހާނު އޮންނަ ތާރީހެއް ރާވާނީ ބެލެނިވެރިންނާއި ދަރިވަރުންނަށް ދަތިނުވާ ގޮތަށް ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި ފަހަރު މަޖިލިސް އިންތިހާބު އޮންނަ ތާރީހު ބަދަލުވީމައި އިމްތިހާނުތަަކަށް ލޮޅުމެއް އައިސް ދެ އިމްތިހާނެއް އަވަސް ކޮށްފައިވަނީ. އަޅުގަނޑު އެޑިއުކޭޝަން މިނިސްޓަރަށް މިހާރު ދަންނަވައިގެން ވަރަށް އަވަހަށް ހަމަޖައްސައިދެއްވާނެ އަވަސް ނުކޮށް ބާއްވަން.
ރައީސް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިން ނެރުނު ސާކިއުލާއެއްގައި ބުނީ 2023- 2024 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރުގައި ގްރޭޑު 7،8 އަދި 9ގެ ދަރިވަރުންގެ އިމްތިހާނު ބޭއްވުމަށް 16 އޭޕްރީލް އިން 27 އަށް ކަނޑައަޅާފައިވީ ނަމަވެސް މަޖިލިސް އިންތިހާބާ ދިމާވާތީ އިންތިހާބު ފަށާ ތާރީހަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި އަދި މި މަހުގެ 27 އާއި އަންނަ މަހުގެ 25 އާ ދެމެދު ރަސްމީ ދުވަސްތަކުގައި އިމްތިހާނުތައް ބާއްވާ ނިންމަން އެދުނެވެ.
އިމްތިހާނު އަވަސް ކުރުމަށް ނިންމުމުން ގިނަ އަދަދެއްގެ ބެލެނިވެރިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ކުދިންނަށް އިމްތިހާނަށް ތައްޔާރުވާން ވަގުތު ނުލިބޭނެ ކަމަށް ބައެއް ބެލެނިވެރިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ