ޕީޕީއެމްއަށް ދިރުން ލިބޭނެގޮތާއި ނުލިބޭނެ ގޮތް އެނގޭނީ ޕީޕީއެމްގެ ލީޑަރޝިޕަށް

ޕީޕީއެމްއަށް ދިރުން ލިބޭނެގޮތާއި ނުލިބޭނެ ގޮތް އެނގޭނީ ޕީޕީއެމްގެ ލީޑަރޝިޕަށް

Author
ހުސެއިން
29 މާރޗް 2024 11:55
0

ޕީޕީއެމްއަށް ދިރުން ލިބޭނެގޮތާއި ނުލިބޭނެ ގޮތް އެނގޭނީ ޕީޕީއެމްގެ ލީޑަރޝިޕަށްކަމަށް ޕީއެންސީގެ ޗެއަރމަން، އަދި ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.

އަބުދުއްރަހީމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ހިނގަމުންދަނީ ވަރަށް ބަދަހު ގުޅުމެއްގެ ތެރެއިން އެކަތިގަނޑެއްގެ ގޮތުގައި ކަމުގައެވެ. އަދި އަބުދުއްރަހީމް ވިދާޅުވީ ދެ ޕާޓީގެވެސް ލީޑަރަކީ ޑރ. މުއިއްޒު ކަމަށާއި، ދެ ޕާޓީއާއި ގައުމުގެ ކުރިޔަށް ދަނީ މުއިއްޒު ދުވެލީގައި ކަމުގައެވެ.

ޕީޕީއެމްއަށް ދިރުން ލިބޭނެގޮތާއި ނުލިބޭނެ ގޮތް އެނގޭނީ ޕީޕީއެމްގެ ލީޑަރޝިޕަށްކަމަށް އަބުދުއްރަހީމް ވިދާޅުވެފައިވާއިރު، ޕީޕީއެމްގެ ލީޑަރު ކުރީގެ ރައީސް ޔާމިންވަނީ އެޕާޓީ ދޫކޮށް ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފައެވެ. ޕީޕީއެމްގައި ތިބި ގިނަ ބަޔަކު މިހާރުވަނީ ވެރިކަން ކުރާ ޕީއެންސީއާއި ގުޅިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.