ސިޔާސީ ހަރަކާތެއް ހިންގޭކަށް ނެތް، ސިޔާސީ ލީޑަރުން ހިފާ، ހައްޔަރުކުރުމަށް ދަނީ ތައްޔާރުވަމުން: ރައީސް ސާލިހު

ސިޔާސީ ހަރަކާތެއް ހިންގޭކަށް ނެތް، ސިޔާސީ ލީޑަރުން ހިފާ، ހައްޔަރުކުރުމަށް ދަނީ ތައްޔާރުވަމުން: ރައީސް ސާލިހު

ގުޅުންހުރި

ރާއްޖޭގައި މިހާރު ސިޔާސީ ހަރަކާތް ހިންގަން އެކަށޭނެ މާހައުލެއް ނެތްކަމަށާއި، ސިޔާސީ ވެރިން ހައްޔަރު ކުރުމަށް މިސަރުކާރުން ރާވަމުންދާކަމުގައި ކުރީގެ ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން މިރޭ މާލޭގައި ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ މި ސަރުކާރުން މި ގައުމު 20 އަހަރު ފަހަތަށް ގެންދާ މަންޒަރު ފެންނަމުންދާ ކަމަށާއި، މިހާރު ފެންނަމުންދަނީ ޚުދުމުޚްތާރު ވެރިކަމެއްގެ ހުރިހާ ސިފައެއް ކަމުގައެވެ. އެގޮތުން ރައީސް ސާލިހު ވިދާޅުވީ މި ސަރުކާރު މިހާރު ފެންނަމުންދަނީ 'ބާރު ސްޕީޑުގައި ފަހަތަށް ދުވާ ދޯންޏެއް’ގެ ގޮތުގައި ކަމަށެވެ.

އަދި ރައީސް ސާލިހު ވިދާޅުވީ މި ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ ސިޔާސީ އިސް ލީޑަރުން ހައްޔަރު ކުުރުމަށް ކަމުގައެވެ.

ސިޔާސީ ހަރަކާތެއް ހިންގޭކަށް ނެތް މިހާރު. ސިޔާސީ ލީޑަރުން ހިފާ، ހައްޔަރުކުރަން ތައްޔާރުވަމުން އެދަނީ. ދަންނަވަންތޯ. އަދި އެ ހިސާބަކުން ނުނިމޭނެ. ފަނޑިޔާރުންނާ ހިސާބަށް ވެސް ދާނެ. ޕޮލިސް ކޮމިޝަނަރުން ވެސް ގެންގޮސް ހައްޔަރު ކުރާނެ. މިނިވަން މުއައްސަސާތައް މުށުތެރެއަށް ލާނެ،

ސޯލިހު ވިދާޅުވި އެވެ.

ރައީސް ސާލިހު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމަށް ޓަކައި ސަރުކާރުން ފެށުނީއްސުރެ މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި ވަޒީފާގެ ބިރުދައްކާ، ވަޒީފާތަކުގައި ތިބި ފަރާތްތަކަށް މަޖުބޫރު ކުރުވައިގެން ކެމްޕޭން ކުރުވަމުންދާކަމުގައެވެ.

ވަޒީފާގެ ބިރު އިންތިހާއަށް ކުރިމަތި ކުރުވައިފި. ވަޒީފާ ދީފަ ތިބި މީހުންނަށް މަޖުބޫރު ކުރުވައިގެން ސަރުކާރާ އެއްކޮޅަށް ކެންޕޭންކޮށް، ސަރުކާރުގެ ކެންޕޭން ހަރަކާތްތަކުގައި ބައިވެރިވުމަށް އެދަނީ ބާރު އަޅަމުން.

ރައީސް ސާލިހު ވިދާޅުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ