ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވުމަށްފަހު އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް ކަރަންޓީނު ވުމެއްނެތި ރަށު ތެރޭގައި އެޅެމުންދާ މައްސަލަ ބަލައި، އޭނާއާއިމެދު ފިޔަވަޅު އެޅުމަށް އާންމު ފަރާތަކުން އެޗްޕީއޭއަށް މައްސަލަ ހުށަހަޅައިފިއެވެ.
އެޗްޕީއޭއަށް އާންމު ފަރާތަކުން ހުށަހަޅާފައިވާ މި ސިޓީގައި މުޣުނީ މިމަހުގެ 10 ވަނަ ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތަށްފަހު ރަށުގައި ކަރަންޓީން ނުވެ، ކެފޭ ރެސްޓޯރެންޓުތަކާއި، ބައެއް އިވެންޓުތަކުގައި ބައިވެރިވެފައިވާ ކަމުގެ ފޮޓޯތަކާއިއެކު ވަނީ އެޗްޕީއޭއަށް މައްސަލަ ހުށަހަޅާފައެވެ.
މިސިޓީގައި ބުނެފައިވަނީ މެމްބަރު މުއުނީ ތިނަދޫއަށް ދާކަމާއި ކުރަންދިޔަބޭނުމެއް ކައުންސިލްއަށް އަންގާފައިނުވާ ކަމަށް ކައުންސިލްއިން މަޢުލޫމާތުދީފައި ވާކަމަށެވެ. ނަމަވެސް އޭނާ މިމަހުގެ 10 ވަނަދުވަހު ތިނަދޫއަށްގޮސް، ކާޑެއްދޫގައި އޮތް އަހަރީދުވަސް ފާހަގަކުރަން ބޭއްވި ޙަފްލާގައި ބައިވެރިވެ އެތަށްބަޔަކާއި ބައްދަލު ކޮށްފައިވާއިރު 11 ވަނަދުވަހު ހެނދުނުއޮތް ތިނަދޫ އައު އިންޖީނުގޭގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވުމާއި ހަމައެދުވަހު ތިނަދޫގައި މަސްރޭހުގެ އިނާމުދިނުމުގައި އާއި އޭގެ އަނެއްދުވަހު ތިނަދޫ ޔޫތްސެންޓަރގައި ބޭއްވި އެއްބަސްވުމުގެ ސޮއިކުރުމެއްގައިވެސް ބައިވެރިވެ އެތައްބަޔަކާއި 3 ފޫޓަށްވުރެ ކައިރީގައި އުޅެފައިވާކަމަށެވެ.

އަދި މީގެއިތުރަށް ރެސްޓޯރަންޓްތަކަށް އެރުމާއި ތިނަދޫގެ އެކިތަންތާގައި އުޅެމުންވެސް ގެންދާކަމަށް ފޮޓޯއާއިއެކު ފޮނުވި ސިޓީގައި ބުނެފައިވެއެވެ. އަދި މިހާރުވަނީ ތިނަދޫގައި އުޅޭތާ 5 ދުވަހަށްވުރެ އިތުރުވެފައިވާއިރު ތިނަދޫގައި ކަރަންޓީންވެފައިވާކަން ކައުންސިލްއަށްވެސް އަދި ތިނަދޫގައި ހުންނަ އެޗްޕީއޭ ގެ ބޭފުޅުންނަށްވެސް އެގިފައިނުވާކަމަށެވެ.
އެހެންކަމުން އެކިމީހު އެކިމީހުންނަށް އެކިގޮތަށް ކަންކަންއޮންނަނަމަ އެއީތަނުގެ މަސްލަޙަތުގެއްލި އަދި ހަމަޖެހިފައިވާ އުޞޫލަށް ޢަމަލުކުރުމަށް ހުރަސްއެޅޭނެ ކަމެއް. އޭނާ ކަރަންޓީންގެ އުޞޫލާއި ޚިލާފަށް އުޅެވޭކަމަށް ވަނީނަމަ އެހެންމީހުނަށްވެސް އެގޮތަށް އުޅެވެންޖެހޭނެ ކަމަށް ބަލައިގެ ބަލައި އެއްވެސް މީހަކު ކަރަންޓީނުގެ އުޞޫލަށް ޢަމަލުނުކުރާނަމަ ދެން ކަންކަންވާނީ ކިހިނެއްތޯއެވެ؟ ވީމާ، ރައްޔިތުންގެ ރާއްކާތެރިކަމަށްޓަކައިވެސް މީނާގެ މިޢަމަލުތައް ބައްލަވައި ފިޔަވަޅު އަޅުއްވައިދެއްވުން އެދެން.
– މިސިޓީ ފޮނުވި ފަރާތުން ބުނެފައިވެއެވެ.
ސިޓީ ފޮނުވި ފަރާތުން ވަނީ އެޗްޕީއޭއިން ހަމަޖައްސަވާފައިވާ އުޞޫލާއި ޚިލާފަށް އެތައްބައެއްގެ ސިއްޙަތަށް ނުރައްކާވާފަދަ ގޮތަކަށް ޢަމަލުކުރަމުންދާއިރު އެކަން ތިނަދޫ ޕޮލިސް ސްޓޭޝަނަށް އެކިފަހަރުމަތިން ހުށަހެޅުމުންވެސް ބަލާފައިނުވާކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ