ގިނަ އިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްޙި ސަބަބަކާހެދި ޑރ. ޝަހީމް އިމާމުވެ ތަރާވީހު ކުރުން މެދުކަނޑާލައިފި

ގިނަ އިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްޙި ސަބަބަކާހެދި ޑރ. ޝަހީމް އިމާމުވެ ތަރާވީހު ކުރުން މެދުކަނޑާލައިފި

Author
ހުސެއިން
23 މާރޗް 2024 02:41
0

ގިނަ އިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްޙި ސަބަބަކާހެދި އިމާމުވެ ތަރާވީހު ކުރުން މެދުކަނޑާލަން ޖެހިފައިވާކަން އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ހާމަ ކުރައްވައިފިއެވެ.

އޭނާ ގެންދަވަނީ މި ރޯދަ މަހު ހުޅުމާލޭ ރަޝީދު މިސްކަތުގައި އިމާމުވެ ތަރާވީހު ނަމާދު ކުރަމުންނެވެ.

ޝަހީމްގެ ފޭސްބުކް ޕޯސްޓުގައި، ވިދާޅުވީ ޑޮކްޓަރުންގެ ލަފާމަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީސްކުރުން މެދުކަނޑާލާފައި ވާކަމަށާއި ސާޖަރީއެއް ކުރައްވަން ޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮންކަހަލަ ސާޖަރީއެއްކަމެއްވެސް އަދި ސިއްޙީ މައްސަލާއިގެ އިތުރު ތަފްސީލެއްވެސް އޭނާ ދެއްވާފައެއް ނުވެއެވެ.

ގިނަ އިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން، ޑޮކްޓަރުންގެ ލަފާމަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީސްކުރުން މެދުކަނޑާލި ވާހަކަ ދަންނަވަން. ސާޖަރީއަކަށްދާތީވެ އެންމެހާ ލޮބުވެތި އަހުންނާއި އުހުތުންގެ ހެޔޮ ދުއާއަށް އެދެން. ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަމަށް އައުމަށް ނުހަނު އުއްމީދުކުރަން. އިމާމުކަމަކީ ކުޑައިރުން ފެށިގެން ނުހަނު ލޯތްބާއި ޝައުގުވެރިކަމާއެކު ކުރާ ކަމެއް.

ޝަހީމް އޭނާގެ ފޭސްބުކް އެކައުންޓުގައި ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ފަރުވާގެ ކަންކަން ފުރިހަމަވުމުން އިމާމްވެ ނަމާދުކުރުމަށް އެނބުރި އައުމަށް އުއްމީދު ކުރާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.