"ކަނޑުފަޅުގެ ނަފާ" ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

"ކަނޑުފަޅުގެ ނަފާ" ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ގުޅުންހުރި

ފަރުމަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް "ކަނޑުފަޅުގެ ނަފާ" ލޯނު ސްކީމުގެ ދަށުން ދޫކުރާ ލޯނަށް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން ޚާއްސަ ސަރުކާރުން ދޫކުރުމަށް ހަމަަޖައްސާފައިވާ ލުއި ލޯނު ސްކީމެއް ފިޝަރީޒް މިނިސްޓްރީން ތައާރަފްކުރީ ފާއިތުވި ފެބްރުއަރީ މަހުއެވެ.

މި ސްކީމް ތައާރަފް ކުރީ ށ. ކޮމަންޑޫގައި ފެބްރުއަރީ 16 ވަނަ ދުވަހުގެރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިލޯނު ސްކީމް ތައާރަފްކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.

މި ލުއި ލޯނަކީ އެއްވެސް ރަހުނަކާ ނުލާ 7 ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާގޮތަށް ދޫކުރާ ލޯނެކެވެ. މީގެ ކުރިން މިލޯން ދޫކުރަމުން އައީ ރަހުނު ނުބަހައްޓާ 5 ލައްކަ ރުފިޔާއާ ހަމައަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ލޮ ލުއި ލޯނުގެ ސަބަބުން، ރާއްޖޭގައި ވަރަށް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ފަރު މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެ ކަމުގައެވެ. އަދި އެއީ ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭންޖެހޭ ސިނާއަތެއްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ހުޅުވާލެވޭ ފުރުސަތާ އެކީގައި މިފަދަ ކުދި އައިސްޕްލާންޓްތަކަށް ވެސް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މިލޯންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

މީ ވަރަށް ލުއިކޮށް ދޫކުރެވޭ ލޯނެއް. ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކުރެވޭ ލޯންގައި ކުރިން ރަހުނު ނުބަހައްޓާ 5 ލައްކަ ރުފިޔާ މިއޮތީ. ނަމަވެސް މިފަހަރު ފަރުމަސްވެރިކަމަށް މި ހުޅުވާލެވޭ ލޯނުގައި 7 ލައްކަ ރުފިޔާއާ ހިސާބަށް ރަހުނެއް ނުބަހައްޓާ ލޯން ލިބުމުގެ ފުރުސަތު.

ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދަނީ ސަރުކާރުން މަސްވެރިންނަށް ނުދެވިހުރި ފައިސާ އަންނަ ރޯދަމަސް ފެށުމުގެ ކުރިން ދިނުމަށް ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ