ރާއްޖެ އައި ޕާކިސްތާނު މީހެއްގެ އަތުން 5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އައި ޕާކިސްތާނު މީހެއްގެ އަތުން 5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

Author
ހުސެއިން
20 މާރޗް 2024 10:36
0
ރާއްޖެ އައި ޕާކިސްތާނު މީހެއްގެ އަތުން 5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ އެމީހާ ރާއްޖެ އައިސްފައިވަނީ 12 މާރިޗު 2024 ވަނަ ދުވަހު ކަމަށާއި، އެއީ ވައިގެ މަގުން ރާއްޖެ އައި ޕާކިސްތާނުގެ 56 އަހަރުގެ ފިރިހެނެއް ކަމުގައެވެ.
އެމީހާގެ ލަގެޖުން 5.30 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފައި ވެއެވެ.

ޕާކިސްތާނު މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފައި ވެއެވެ.

ކޯޓު އަމުރުގައި ވާގޮތުން، އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުމުގެ ބައިވެރިވުމެއް އޮތްކަމަށް ބެލެވޭ ފަރާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.