އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯއަކަށް ޑރ. ޔާސިރު ހަމަޖައްސަވައިފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯއަކަށް ޑރ. ޔާސިރު ހަމަޖައްސަވައިފި

ގުޅުންހުރި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯގެ މަގާމަށް ޑރ. އިބްރާހިމް ޔާސިރު އަހުމަދު ސަރުކާރުން ހަމަޖައްސައިފިއެވެ.

އޭއީއެޗް އިން ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމަށް ޑރ. ޔާސިރު ހަމަޖައްސާފައިވާކަން ސޯޝަލް މީޑިއާގައި މިއަދު އިއުލާންކޮށްފައެވެ.

އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. ޔާސިރު ސިއްހީ ދާއިރާއަށް ހިދުމަތް ކުރައްވާތާ 25 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭނާއަކީ މިހާރުވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގެ މެންބަރެކެވެ.

އޭނާ މީގެ ކުރީން ވަނީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތް ސާވިސަސްގެ މަގާމު އަދާކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *