ކުރީ ސަރުކާރުން ކުރިޔަށް ގެންދިޔަ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސުކީމުގެ ދަށުން ގޯއްޗާއި ފްލެޓު ދޫކުރުމުގެ މަސައްކަތްތަކަށް ލަފާދިނުމަށް ޚާއްސަ ކޮމެޓީއެއް އެކުލަވާލައިފި އެވެ.
މިނކޮމިޓީނއެކުލެވިގެންވަބީ ފަސް މެންބަރުންގެ މައްޗަށެވެ.
ކޮމިޓީންނލަފާ ދިނުމަށް ހަމަޖެހިފައިވަނީ ކުރީ ސަރުކާރުން ކުރިޔަށް ގެންދިޔަ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ހުށަހަޅާ މައްސަލަތަކާއި އެ ދެ ސްކީމާ ގުޅިގެން ކުރިއަށް އޮތްތަނުގައި ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން ނިންމަން ޖެހޭ ނިންމުންތައް ނިންމަން ބޭނުންވާ ލަފާދިނުމެވެ.
މި ކޮމިޓީ އެކުލަވާލާފައިވަނީ ފާއިތުވި ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.
ހައުސިން ކޮމެޓީގެ ނަމުގައި އުފެއްދި ކޮމެޓީގައި ތިއްބަވަނީ
އަނީސާ އަހުމަދު
އާމިނަތު އީނާސް
އަހުމަދު އަލީ މަނިކު
އަބްދުލްއަޒީޒު ޔޫސުފް
މަރިޔަމް ފިޒާނާ ރަޝީދު
މިކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގެ ޗެއަރކަން ކުރެއްވީ އަނީސާ އަހުމަދުއެވެ. މި ކޮމިޓީގެ ވައިސް ޗެއަރއަކަށް ހަމަޖައްސަވާފައިވަނީ އަބްދުލްއަޒީޒު ޔޫސުފްއެވެ. ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެކޮމިޓީގެ ސެކެޓްރިއޭޓް ބަލަހައްޓާނީ އެމިނިސްޓްރީން ކަމުގައެވެ.