އާދީއްތަ ދުވަހުން ފެށިގެން ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ހުއްދަދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
ކުޅިވަރު މުބާރާތްތައް ބާއްވަން ހުއްދަ ދިންއިރު، މީގެ ކުރިން މާލެ ސަރަހައްދުގައި ކުޅިވަރުތައް ކުޅުމަށް ލުއި ދީފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ފަހަރު އެޗްޕީއޭއިން ވަނީ ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ހުއްދަ ދީފައެވެ. ކޯވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ބުރާސްފަތި ދުވަހުގެރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ކުޅިވަރު މުބާރާތްތައް ބާއްވަން ހުޅުވާލާ ކަމަށެވެ.
އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން މި މަހުގެ އަށްވަނަ ދުވަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ވަނީ ފަށާފައެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ސަޕޯޓަރުން ނުވައްދައި މެޗުތައް ކުރިއަށްދާއިރު، މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ކުރިއަށްދަނީ އެޗްޕީއޭއިން އެކުލަވާލާފައިވާ ހާއްސަ އުސޫލުތަކަކާ އެއްގޮތަށެވެ.
ކޮމެންޓު ފޮނުވާ