18 ދުވަސްތެރޭ 305.65 ޓަނުގެ ކުނި މާލެ ތެރެއިން ނަގާފައިވާކަމަށް މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް ވިދާޅުވީ މިއީ 25 ފޫޓުގެ 12.22 ކޮނޓޭނަރުގެ ކުނި ކަމަށާއި، 13 މާރޗް 2024ވީ ބުދަދުވަހު އެކަނިވެސް 42.15 ޓަނުގެ ކުނި ނަގާފައިވާ ކަމުގައެވެ.
ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް މާލޭގެ ގިނަ އަދަދެއްގެ ގޭބިސީތައް ސާފުކޮށް މަގުތަކުގެ މައްޗަށް ވަނީ ކުނިތައް ޖަމާކޮށް، ހަޑިކޮށްލައިފައެވެ. ރޯދަމަހަށް ގޭތެރެ ސާފުކޮށް ނެރުނު ތަކެތީގެ ތެރޭގައި ފަރުނީޗަރާއި ގޭގޭގައި ހިފައި ގެންގުޅޭ އެހެން ސާމާނު ހިމެނެއެވެ.
މަގުމައްޗަށް ކުނި އެޅުމުން އުޅަނދުފަހަރު ދުއްވުމަށާއި ޕާކް ކުރުމަށާއި ހިނގާ ބިނގާވެ އުޅުމަށް އިންތިހާ އަށް ދަތިވިއެވެ. މާލެ ތެރެ ހަޑިކޮށްލުމާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި ވެމްކޯ އިން ވަނީ މާލެތެރެ ސާފު ކުރަން ނުކުމެފައެވެ.
ކޮމެންޓު ފޮނުވާ