ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިއިރުޅޭ ދަރިވަރުންނަށް ފުރުސަތު ދިނުމަށްޓަކާ، ދެވަނަ ފޭސްގައި ހުންނަ ސަލާހުއްދީން ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރަން ޖެހިއްޖެނަމަ އެކަން ކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
އޭނާގެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ވަރަށް ގިނަ ބެލެނިވެރިންގެ ފަރާތުން ދެވަނަ ފިޔަވަހިން ސްކޫލު ޖާގައަށް އެދި މިނިސްޓްރީއަށް ތަކުރާރުކޮށް ހުށަހަޅަމުން ދާކަމުގައެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި ދެވަނަ ފިޔަވަހިން ސްކޫލު ޖާގައަށް އެދި މިއަދާ ހަމައަށް 800 އަށްވުރެ ގިނަ ހުށަހެޅުން މިނިސްޓްރީއަށް ލިބިފައިވާއިރު، މިއަހަރު ނިމޭއިރު މި އަދަދު 1000 އަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.
މިނިސްޓަރު ވިދާޅުވީ، މިފަދަ ހާލަތަކަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ތައުލީމީ ހާލަތު ވެއްޓުނީ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވާނެ މިންވަރު ދެނެގަނެ، އަންދާޒާ ކުރެވޭ ދަރިވަރުންގެ އަދަދަށް ރިއާޔަތްކޮށް ސްކޫލު އެޅުމުގައި އިހުމާލު ވެފައި ވާތީ ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1،700 ކުދިންގެ ޖާގައިގެ އާ ސްކޫލެއް ބިނާ ކުރުމަށް މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބިންގާ އަޅައިދެއްވައިފައެވެ.
ދެވަ ފިޔަވަހީގައި މިހާރު ހުންނަނީ ސަލާހުއްދީން ސްކޫން އެކަންޏެވެ. އެ ސްކުލް ދެ ދަންފަޅިއަށް ބަދަލު ކުރާނެކަމަށް މިނިސްޓަރ ވިދާޅުވުމާއި ގުޅިގެން، އެ ސްކޫލުގައި މިހާރު ކިޔަވަމުންދާ ދަރިވަރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ