ކުރިޔަށް އޮތް ދެތިން މަހެއްގެ ތެރޭގައި އިންޑިއާ މާކެޓް ރަނގަޅުވާނެ: އެމްއެމްޕީއާރުސީ

ކުރިޔަށް އޮތް ދެތިން މަހެއްގެ ތެރޭގައި އިންޑިއާ މާކެޓް ރަނގަޅުވާނެ: އެމްއެމްޕީއާރުސީ

ގުޅުންހުރި

އޮފް ސީޒަންގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ކުރިޔަށް އޮތް ދެތިން މަހެއްގެ ތެރޭގައި އިންޑިއާ މާކެޓް ރަނގަޅުވާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މި މަހުގެ ފަހަކުން ހަތަކަށް އޮތް އައިޓީބީ ބާލިން ފެއާއާ ގުޅޭ މައުލޫމާތު ދިނުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ފާތިމަތު ތައުފީގު ވިދާޅުވީ އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާޗް މަހުގެ ދެ ވަނަ ދުވަހާ ހަމައަށް، މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެން އިންޑިއާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 33 ޕަސެންޓް ދަށްވެފަ އެވެ. އެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި އިންޑިއާއިން ރާއްޖެއަށް 41،054 ފަތުރުވެރިން ޒިޔާރަތް ކުރިއިރު މިއަހަރު އެހާތަނަށް އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކުރީ 27،224 ފަތުރުވެރިންނެވެ. ފަތުއަޑު ކިޔާފައި އިންޑިއާގެ ޓޫރިސްޓުންގެ އަދަދު ދަށަށް ދަނީއެވެ.

މި މައްސަލަ އުފެދިގެން އައީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަލާމާތްކޮށް، އެ ގައުމަށް ތަކުރާރުކޮށް ފާޑުކިޔަމުން ދިއުމާ ގުޅިގެން އިންޑިއާގެ ފަންނާނުން ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލައި، ސޯޝަލް މީޑިއާގައި ފެށި ކެމްޕޭނުގެ ސަބަބުންނެވެ.

އެއާއެކު އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ވެސް ވަނީ ދަށްވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ