ބޮލީވުޑްގެ ސްޕަސްޓާރު ސަލްމާން ހާން ގެ ކާމިޔާބު ފިލްމް "ކިކް" ގެ ގެ ސީކްއެލްގެ ޝޫޓިން މި އަހަރުގެ މެއި މަހުގެ ތެރޭގައި ފަށާނެ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ނެގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.
މި ފިލްމް އަކީ އަންނަ އަހަރުގެ ފިތުރު އީދު ދުވަހާއި ދިމާކޮށް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ ފިލްމްއެކެވެ. ސަލްމާން ހާން އަކީ އާންމުކޮށްވެސް ފިތުރު އީދާއި ދިމާކޮށް ފިލްމް ރިލީޒް ކުރުމަށް އިސްކަންދޭ ތަރިއެކެވެ.
"ކިކް" އަކީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ އަލަތު ޑައިރެކްޝަނެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމުގެ ބަތަލާ އަކީ ޖެކްލީން ފެނަންޑޭޒެވެ. އަދި ފިލްމް ގެ މުހުންމު ރޯލަކުން ރަންދީޕް ހުޑާ ވެސް ފެނިގެން ދެއެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ "ކިކް" ޑައިރެކްޓްކުރީ ސަލްމާންގެ ގާތް އެކުވެރިޔާ ސާޖިދު ކަމަށް ވިޔަސް "ކިކް 2″ ލިޔެ، ޑައިރެކްޓްކުރާނީ އާމިރު ޚާންގެ 2008 ގެ "ގަޖިނީ" ގެނެސްދިން އޭއާރް މުރްގަދޯސް ކަމަށް ރިޕޯޓްތަށް ވަނީ ބުނެފައިއެވެ.
ކޮމެންޓު ފޮނުވާ