ރާއްޖޭގައި ހޫނުގަދަވުން އިތުރުވެއްޖެ

ރާއްޖޭގައި ހޫނުގަދަވުން އިތުރުވެއްޖެ

Author
ހުސެއިން
12 މާރޗް 2024 12:24
0

ރާއްޖޭގެ އެކި ހިސާބުތަކަށް ހޫނުގަދަވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

އެ އޮތޯރިޓީން ބުނީ މާޗް މަހާއި އޭޕްރީލް މަހަކީ ކޮންމެ އަހަރެއްގެ ވެސް އެންމެ ހޫނު ގަދަ ދުވަސްވަރެއް ކަމަށެވެ. މެޓުން ބުނީ ހޫނު ގަދަވާން ދިމާވާ ސަބަބަކީ ރާއްޖެއަށް ވިލާގަނޑުގައި ވިއްސާރަ މަދުވުމާއި، ވައިގަދަވެ، އާދަޔާ ވައިގެ ތެތްކަން އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމުގައެވެ.

މެޓުން ބުނީ މި ފިނިހޫނުމިން މުޅި ރާއްޖެއަށް ވެސް އިހުސާސް ކުރެވޭ ކަމަށާއި ހޯމަ ދުވަހު ހުޅުލެ އާއި މާލޭގެ ފިނިހޫނުމިން ހުރީ 42 ޑިގްރީ އާއި 33 ޑިގްރީގައި ކަމަށެވެ.

ދެކުނުގެ ސަރަހައްދުތަކުގެ ފިނިހޫނުމިން 35 ޑިގްރީއާއި 37 ޑިގްރީއާ ދެމެދުގެ މިންވަރަކަށް އުފުލިފައިވާއިރު، ލ އަތޮޅާއި އުތުރުގެ ސަރަހައްދުތަކުން ފިނިހޫނުމިން ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އެ އޮފީހުން އިތުރަށް ބުނީ 2024 ވަނަ އަހަރަކީ އިތުރު އެލްނީނޯގެ އިވެންޓަކާ ދިމާވާ އަހަރެއް ކަމަށާއި ހޫނުމިން އާދަޔާ ހިލާފަށް މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ހޫނުގަދަވާނެ ކަމަށް މެޓުން ލަފާކޮށްފި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.