ޢައްޒާގެ މެދުން ފުޅާ މަގެއް ހަދާ، އިޒްރާއީލިން ޢައްޒާ ދެބަޔަކަށް ބަހާލަނީ

ޢައްޒާގެ މެދުން ފުޅާ މަގެއް ހަދާ، އިޒްރާއީލިން ޢައްޒާ ދެބަޔަކަށް ބަހާލަނީ

Author
ހުސެއިން
11 މާރޗް 2024 05:18
0

އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާ ދެ ބަޔަކަށް ބަހާލައިގެން ހަދަމުންދާ މަގެއް މެޑިޓަރޭނިއަން އައްސޭރިފަށަށް ގޮސްފައިވާ ކަމަށް ސެޓެލައިޓް ފޮޓޯތަކުގެ ދައްކައިފި އެވެ.

އިޒްރޭލުގެ އޮފިޝަލުން ބުނަނީ މިއީ ކުރިއަށް އޮތް މަސްތަކަށާއި އެތައް އަހަރެއް ވަންދެން އެ ސަރަހައްދު ކޮންޓްރޯލް ކުރުމުގެ ސަލާމަތީ ޕްލޭންގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

މާޗް މަހުގެ ހަވަނަ ދުވަހު ނަގާފައިވާ ސެޓެލައިޓް ފޮޓޯއަކުން އެނގޭ ގޮތުގައި ހަފުތާތަކެއް ވަންދެން ހަދަމުން އަންނަ އިރުމަތީ ހުޅަނގު މަގު މިހާރު ޣައްޒާ-އިސްރާއީލުގެ ބޯޑަރު ސަރަހައްދުން ފެށިގެން ގާތްގަނޑަކަށް 6.5 ކިލޯމީޓަރު ފުޅާ (ގާތްގަނޑަކަށް 4 މޭލު ފުޅާ) ސަރަހައްދެއް ހުރަސްކޮށް، ޣައްޒާ ސިޓީގެ ދެކުނުން ހިމެނޭ ގޮތަށް ޣައްޒާގެ އުތުރުގެ ސަރަހައްދުތައް ވަކި ކޮށްލައެވެ. މި މަގުގެ ގާތްގަނޑަކަށް 2 ކިލޯމީޓަރު (1.2 މޭލު) ގައި މިހާރުވެސް އޮތް މަގަކަށް ވާއިރު، ބާކީ ހަދަމުންދަނީ މުޅިން އާމަގެއްކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.