ރަމަޟާން މަހާ ދިމާކޮށް މާލޭގެ މަގުތަކުން 9،000 ޓަނުގެ ކުނި ނަގައިފި

ރަމަޟާން މަހާ ދިމާކޮށް މާލޭގެ މަގުތަކުން 9،000 ޓަނުގެ ކުނި ނަގައިފި

Author
ހުސެއިން
11 މާރޗް 2024 11:34
0

އާދީއްތަ ދުވަހު އެކަނިވެސް ވެރިރަށް މާލޭގެ މަގުތަކުން 9،000 ޓަނަށް ވުރެ ގިނަ ކުނި ނަގާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

އެކްސްގައި ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އާދީއްތަ ދުވަހު މަގުމަތިން ޖުމްލަ 9،150.5 ޓަނުގެ ކުނި ނަގައި ނައްތާލާފައިވާ ކަމަށެވެ. އަދި 51 ޕިކަޕް ކުނި ނަގާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

1.5 ޓަނުގެ 16 ޕިކަޕް

2 ޓަނުގެ 1 ޕިކަޕް

350 ޓަނުގެ 26 ޕިކަޕް

3.5 ޓަނުގެ 1 ޕިކަޕު

3 ޓަނުގެ 7 ޕިކަޕު

ރަމަޟާން މަހާ ދިމާކޮށް އާއިލާތަކުން ގޭތެރެ ސާފުކުރުމުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށް ހުރަސް އެޅުމުގެ ސަބަބުން އުކާލާފައިވާ ފަރުނީޗަރާއި ގޭތެރޭގެ ދުވަސްވީ ސާމާނު ވަނީ ގޭގެދޮށާއި ޕޭވްމަންޓްތަކަށް އުކާލާފައެވެ.

އުކާލާ ތަކެތީގެ ތެރޭގައި ސޯފާއިން ފެށިގެން ގޭސް ކުކަރާއި ޕޮޓާއި ޕާން ފަދަ ތަކެތި ހިމެނެއެވެ. މިކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތަކާ އެކު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުނި ނެގުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

މިދިޔަ އާދިއްތަ ދުވަހު ވެމްކޯއިން ކުރި އިއުލާނެއްގައި ބުނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ޓްރާންސްފާ ސްޓޭޝަންތަކުން ކުނި ނެގުމުގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށެވެ. އެކަމަކު ވެޓް ވޭސްޓް އަދި ކޮންސްޓްރަކްޝަން ވޭސްޓްއަށް މިކަން ނުހިނގާނެ އެވެ.

އަދި ކުނި އުފުލުމަށް އާންމުން ބޭނުންކުރާ އުޅަނދުތަކުން ނަގާ އެންޓްރީ ފްރީ އަދި ޑިސްޕޯސަލް ޗާޖު ވެސް މި މުއްދަތުގެ ތެރޭގައި މައާފުކޮށްދޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.