މިއަދުގެ މެންދުރު 12 ޖެހުމާހަމަޔަށް ޖުމްލަ 1723 ގެއަކުން، ސަރުކާރުން ހިލޭ ބަޔާ ކާޑު ގެންގޮސްފައިވާކަމަސް މާލޭ ސިޓީ ކައުންސިލުން ބުނެވިއެވެ.
އެކައުންސިލުން އަންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މެންދުރު 12 އާއި ހަމައަށް ކާޑު ބަހަމުންދާ ސޯޝަލް ސެންޓަރުންވަނީ 440 ގެއަކަށް ކާޑުގެ ބާވަތްތައް ބަހާފައި ވެއެވެ. ގަލޮޅު ދަނޑުން ކާޑު ގެންގޮސްފައިވަނީ 317 ގެއަކުންނެވެ. މާލޭ ސިޓީ ކައުންސިލުން ދޫކުރަމުންދާ ކާޑު ގެންގޮސްފައިވަނީ 188 ގެއަކުންނެވެ.
ހުޅުމާލޭގައި ކާޑު ބަހަމުންދާ އުމަރު ޒާހިރު ބިލްޑިންގް އިން ކާޑު ގެންގޮސްފައިވަނީ 274 ގެއަކުންނެވެ. ހިޔާ ޓަވަރުގެ ޔޫތު ސެންޓަރުން ކާޑު ގެންގޮސްފައިވަނީ 416 ގެއަކުންނެވެ. އަދި ވިލިމާލޭގެ 110 ގެއަކުން ކާޑު ގެންގޮސްފައި ވެއެވެ.
މާލޭ ސިޓީ ކަންސިލުން ބުނެފައިވަނީ މިހާތަނަށް ހިޔާޓަވަރު 10ގެ ޔޫތު ސެންތަރުން ދޫކުރަމުން އައި ކާޑު ދެން ދޫކުރާނީ ވިނަރެސް ޓަވަރުގެ 10 އިން ކަމަށެވެ.
ކާޑު ބަހަމުން ދަނީ މާލޭ ސިޓީގެ 7 ތަނަކުންނެވެ.
އެ ތަންތަނަކީ:
- މާލެ : ގަލޮޅު ދަނޑު, މާލެ ސިޓީ ކައުންސިލް , ސޯޝަލް ސެންޓަރ
- ވިލިމާލެ: ބިއްރި މިސްކިތް ހޯލް
- ހުޅުމާލެ ފޭސް 1: އުމަރު ޒާހިރު ބިލްޑިންގ
- ހުޅުމާލެ ފޭސް 2: ހިޔާ ފްލެޓް ޓަވަރ 10 ޔޫތް ސެންޓަރ
ކާޑު ބެނުން ކުރިއަށްދަނީ ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި، އަދި ބައެއް ޖަމިއްޔާތަކާއި މަޝްވަރާކުރެވި ގިނަ ބަޔަކު ގުޅިގެންނެވެ.
ރަށްތަކުގައި ކާޑޫ ބެހުމުގެ މަސައްކަތް ކުރިޔަށްދަނީ ކައުންސިލް ތަކުންނެވެ.
މާލެ ސަރަހައްދުގައި މުދާ ދޫކުރުމަށް ހަމަޖެހިފައިވަނީ 09 މާރިޗު 2024 އިން ފެށިގެން ހަތްދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް މުލަ ރޯދަ ދުވަސް އަދި ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް ކުރިޔަށް ނުގެންދާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވާ ގަޑިތަކަކަކީ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ. ރޯދަމަހު މުދާ ދޫކުރުމަށެ ނިންމާފައިވާ ގަޑިތަކަކީ ހެނދުނު 9:30އިން މެނދުރު 13:00 އަށެވެ. އަދި ރޭގަނޑު 21:00އިން 23:30 އަށެވެ.
ރޯދަ ހަދިޔާ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ ކާޑުގެ ބާވަތްތައް ދޫކުރަން ހަމަޖެހިފައިވަނީ ދިވެހިންނަށް އެކަންޏެވެ. މިގޮތުން ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރ އަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހުގައި އެވެ.
ކޮމެންޓު ފޮނުވާ