މާދަމާއަކީ ރާއްޖެއަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

މާދަމާއަކީ ރާއްޖެއަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

Author
ހުސެއިން
10 މާރޗް 2024 09:18
0

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

މިކަން އިއުލާން ކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީން އިއުލާންކުރި ހަނދާބެހޭ ބަޔާނުގައެވެ. މި ބަޔާނުގައި ވިދާޅުވީ އިސްލާމީ ގައުމުތަކަށް 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީއާއި ރަމާޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލު ކުރަމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާއަކީ ރާއްޖެއަށް ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމުގައެވެ.

މީލާދީ ސަނަދުން 2024 ވަނަ އަހަރުގެ މި ހިނގާ މާޗް މަހުގެ 11 ވާ ހޯމަ ދުވަހަކީ ހިޖުރީ ސަނަދުން 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއް ވަނަ ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ.

ހަނދާއިބެހޭގޮތުން އިއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މާދަމާއަކީ ބަރަކާތްތެރި ރޯދަމަހުގެ ފުރަތަމަ ދުވަސްކަމަށް ނިންމުމާއެކު، މާދަމާ ވެގެންދާނީ ރަސްމީ ބަންދު ދުވަހަކަށެވެ.

ރަމަޟާންމަހު ސަރުކާރު އޮފީސްތައް ހުޅުވިފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ. އެހްނަނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ހަމަޖައްސާފައިވަނީ ރޯދަމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތައް ކަމުގައި ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.