ރީ ރަޖިސްޓްރީވާން ހުޅުވާލައިފި

ރީ ރަޖިސްޓްރީވާން ހުޅުވާލައިފި

Author
ހުސެއިން
10 މާރޗް 2024 04:20
0

‏ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަންއިން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބި ކުރެއްވިއެކްސް ޕޯސްޓެއްގައި ވިދާޅުވީ 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2024 މާރިޗު 10 ވާ އާދީއްތަ ދުވަހުގެ މެންދުރު 02:00 އިން ފެށިގެން 2024 މާރިޗު 16 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލަ އެކަން ޢާންމުކޮށް އިއުލާން ކޮށްފައިވާ ކަމުގައެވެ.

ރީރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ދުރާލާ އޮންލައިންކޮށް ރީރަޖިސްޓަރީ ކުރެެއްވުމަށްވެސް އިލެކްޝަންސް އިން އެދިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.