ޖިންސީ އަނިޔާއާއި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ކައުންސިލިންގގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ޖިންސީ އަނިޔާއާއި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ކައުންސިލިންގގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

Author
ހުސެއިން
10 މާރޗް 2024 10:48
0

ގާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) އަދި ޤާނޫނު ނަންބަރު 17/2024 (ޖިންސީ ކުށުގެ ގާނޫނު) ގައި ބަޔާން ކޮށްފައިވާފަދަ އަނިޔާ ލިބޭ މީހުންނަށް ކައުންސިލިންގ ގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އިއުލާން ކޮށްފިއެވެ.

އެ އޮތޯރިޓީން ކުށްފައިވާ އިއުލާންގައި ބުނެފައިވަނީ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިޢު ކުރެވިފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުސަތު ހުޅުވާލާފައެވެ. މި މަސައްކަތާ ގުޅިގެން މާއުލޫމާތު ސާފުކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ، 2024 މާރިޗު 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވައި ގެންނެވެ.

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ސުންގަޑިއަކީ، 2024 މާރިޗު 21 ވަނަ ދުވަހުގެ 10:00 އެވެ. ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ) އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.