ފަޔަރ ޕްރިވެންޝަން ވީކް' ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން، ޅ.ހިންނަވަރުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ޅ.ހިންނަވަރުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ރަށުގެ 50 ފަރާތެއް ބައިވެރިވިއެވެ.
މި ހަރަކާތުގައި، ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ.
މި ހަރަކާތުގައި މަޢުލޫމާތު ފޯރުކޮށްދިނީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ އެންޑް ރެސްކިޔު ސަރވިސް ކޮމްޕޯނަންޓްގެ ފަޔަރ ފައިޓަރުންނެވެ.
ކޮމެންޓު ފޮނުވާ