އެމަނިކުފާނާ ދިމާލަށް އެއްވެސް މީހަކު އެއްޗެކޭ ވިދާޅުވެގެން ސަރުކާރުގެ އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް ނާޅުއްވާނެ ކަމަށާއި، ހެޔޮނިޔަތުގައި ކަންކަން ރަގަޅު ކުރުމަށް ފާޑޫ ވިދާޅުވާނަމަ އެކަން ބަލައިގަންނާނެ ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޅ. ކުރެންދޫ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފާޑުކިޔުންތައް ބަލައިގަންނާނެ ކަމަށާއި، އަދި އެކަމަށް ކަަމަށެވެ މަރުހަބާވެސް ކިޔާ ކަމަށެވެ.
އަޅުގަނޑާ ދިމާލަށް އެއްވެސް މީހަކު އެއްޗެކޭ ބުނެގެން ފިޔަވަޅެއް ނާޅާނަން. އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ އަޑުއަހަން. ކްރިޓިސައިޒްކުރަންވާނެ، އެއީ ހެޔޮ ނިޔަތުގައި ކަންކަން ރަނގަޅުކުރަން ވިދާޅުވާ އެއްޗެއްނަމަ މަރުހަބާ ކިޔާނަން.
ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އެކަން ސާފުކޮށްދެއްވަން ޖެހުނީ އެމަނިކުފާނަށް ފާޑު ކިޔައިގެންކަމަށް ބުނެ ކުންފުންޏެއްގެ މުވައްޒަފަކު މަގާމް ދަށްކުރިކަމަށް ނޫސްތަކުން ފެނުމުން ކަމުގައެވެ. ރައީސް ވިދާޅުވީ އެ މައުލޫމާތު ލިބުމުން އެކުންފުނީގެ އެމްޑީއަށް ގުޅާ އެކަން ސާފުކުރި ކަމަށާއި އެހެންނަމަވެސް އެ މުވައްޒަފަށް ފިޔަވަޅު އަޅަންޖެހުނީ އެމަނިކުފާނަށް ފާޑު ކިޔައިގެން ނޫންކަމަށް އެނގިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މިހެން މިދަންނަވަން ޖެހުނީ އިހަށް ދުވަހު ނޫހުން ފެނުނީ ސަރުކާރު ކުންފުންޏަކުން ފިޔަވަޅު އެޅީ ކަމަށް'.
ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވި އެކަން ރައްޔިތުންނަށް ހާމަކޮށް ދިނުމަށް މިހާރު އެދިފައިވާނެ ކަމަށެވެ.
އެސްޓީއޯގެ ރީޖަނަލް ފާމަސީ މެނޭޖަރެއްގެ މަގާމުގައި ހުރި މީހެއްގެ މަގާމު ސްޓޮކް އޮފިސަރެއްގެ މަގާމަށް ދަށްކުރި ކަމަށް ބުނެ މީޑީއާތަކުގައި ފާއިތުވި ހަފްތާގައިވަނީ ޚަބަރު ފެތުރިފައެވެ.
ގދ. ގެ ފާމަސީތަކާ ހަވާލުވެ މަސައްކަތް ކުރަމުންދިޔަ އަހުމަދު ޝިޔާޒް ނައީމް މިޑިއާތަކަށް ބުނެފައިވަނީ އެސްޓީއޯގެ އެޗްއާރުން އޭނާގެ މައްސަލަ ފުރަތަމަ ބަލަން ފެށީ ފެބްރުއަރީ، 29 ގައި ކަމަށެވެ. އަދި އެ ދުވަހު އޭނާގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ހުރި ޕޯސްޓުތަކަކާ ގުޅޭގޮތުން އޮންލައިންކޮށް ބަޔާނެއް ނެގި ކަމަށާއި އެ މައްސަލައާ ގުޅިގެން އޭނާގެ މަގާމު ދަށްކޮށްފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ރައީސް މުއިއްޒުއަށް ފާޑި ކިޔައިގެން އޭނޭގެ މަގާމް ދަށްކުރިކަމަށް ބުނެއެވެ.