ރައީސް މުއިއްޒުގެ ސަރުޚާރުގެ ސިޔާސީ މަގާމްތައް މިހާރު ހުރީ 1،500 އާއި ހަމައަށް މިސްރާބު ހިފާފައި ކަމުގައި ކުރީގެ ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. މާއުނގޫދޫ ގައި ވާހަކަ ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ފެށި މަޝްރޫޢުތައް ހުއްޓާނުލާ ކުރިޔަށް ގެންދާނޭކަމަށް ރައީސް މުއިއްޒު ފާއިތުވި ރިޔާސީ ކެމްޕޭންގައި ވައުދުވި ނަމަވެސް، މިހާރު ފެންނަމުންދަނޫ މުޅިން ތަފާތު މަންޒަރެއް ކަމުގައެވެ.
ބަޖެޓު ދަތިވަނީ ހަމައެކަނި މި ފަދަ ރަށްރަށުގައި ކުރަން ފަށާފައި ހުރި މަސައްކަތްތައް ކުރިއަށް ގެެންދިޔުމަށް، ވަޒީފާ އިންތިހާއަށް އިތުރު އެބަކުރެވޭ. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުން، މިހާރު ސިޔާސީ މަގާމުތައް 1500 އާ ހިސާބަށް މިސްރާބު ޖަހައިފި. މިއީ މިއިން އެެއްވެސް ސަރުކާރަކުން ކަންކުރި ގޮތެއް ނޫން.
ސިޔާސީ މަގާމްތައް އިތުރުކޮށް، ރަށްރަށުގައި ކުރަންހުރި މަސައްކަތްތައް ހުއްޓިފައިވާކަމަށް މޭރުން ކުރައްވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ފެންނަމުންދަނީ ރައީސް މުއިއްޒު ދައްކަވަމުން ގެންދެވި ވާހަކަފުޅުތަކާއި މުޅިން ތަފާތު މަންޒަރެއް ކަމަށާއި، ކުރިޔަށް އޮތް މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށް ރައީސް މުއިއްޒު ހައްދަވަމުން ގެންދަވަނީ އިތުރުފުޅު ކަމުގައެވެ.
ސިޔާސީ މަގާމްތައް 1،500 އާއި ގާތްވެފައިވާކަމަށް ރަައީސް ސާލިހު ވިދާޅުވި ނަމަވެސް، ސަރުކާރުން ބުނެފައިވަނީ މިހާތަނަށް ދީފައިވާ ސިޔާސީ މަގާމްތަކުގެ އަދަދު 500 އަށްވެސް އަދި ނާރާ ކަމަށެވެ. ރައީސް މުއިއްޒު ރިޔާސީ އިންތިޚާބުގައި ވައުދު ވެފައިވަނީ ސިޔާސީ މަގާމްތަކުގެ އަދު 700 އަށްވުރެ އިތުރު ނުކުރައްވާނެކަމަށެވެ.