ވީ.އައި.އޭގެ އައު ކާރގޯ ޓާރމިނަލްގައި "ކާރގޯ އޮފީސް"ހިންގާނެ ބަޔަކު ހޯދަނީ

ވީ.އައި.އޭގެ އައު ކާރގޯ ޓާރމިނަލްގައި "ކާރގޯ އޮފީސް"ހިންގާނެ ބަޔަކު ހޯދަނީ

ގުޅުންހުރި

އެމްއޭސީއެލްއިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި އަލަށް އިމާރާތްކޮށްފައިވާ ކާރގޯ ޓާރމިނަލް އިމާރާތުގައި، "ކާރގޯ އޮފީސް" ހަދައި ހިންގަން ޝައުޤުވެރިވާ ފަރާތްތައް ހޯދަން އިއުލާން ކޮށްފިއެވެ. އެގޮތުން، އޮފީސް ހިންގުމަށް ދޫކުރާ ޖާގަ ކާމިޔާބުކުރާ ފަރާތްތައް އޮފީސް ހަދައި ހިންގަންވާނީ، އެކުންފުނިން އެކުލަވާލާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށްކަށް އެމްއޭސީއެލްގެ އިއުލާނުގައި ބުނެފައި ވެއެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ އެމްއޭސީއެލްއިން ކަނޑައަޅާފައިވާ 4 ކެޓަގަރީއެއްގެ ތެރެއިން މަދުވެގެން އެއްކެޓަގަރީއިން ހުއްދަ އޮންނަ ފަރާތަކަށް ވާންވާނެެކަމަށް ބުނެފައި ވެއެވެ. އެގޮތުން އެކަންކަށަވަރު ކޮށްދިނުމަށްޓަކައި އެކެޓަގަރީގެ ޝަރުތު ހަމަވާކަން ޔަޤީންކޮށްދިނުމަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅަންވާނެ ކަމަށްވެސް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.

އެ ހތަރު ކެޓަގަރީއަކީ:

  1. އެގޮތުން އެމްއޭސީއެލްއިން ބުނެފައިވަނީ ކާގޯ އޮފީސް ހިންގުމަށް ކުރިމަތިލާ ފަރާތްތައް ވާންވާނީ އިންޓަރނޭޝަނަލް އެއަރލައިންއެއްގެ ކާރގޯ އެއަރލައިނެއްގެ ގޮތުގައި އެމް.ސީ.އޭ.އޭގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތައް
  2. އިންޓަރނޭޝަނަލް އެއަރލައިންއެއްގެ ކާރގޯ ސޭލްސް  އެޖެންޓެއްގެގޮތުގައި އެމް.ސީ.އޭ.އޭގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތައް
  3. މޯލްޑިވްސް ކަސްޓަމްސް ސާރވިސްގައި ކާރގޯ ބްރޯކަރެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތައް
  4. މޯލްޑިވްސް ކަސްޓަމްސް ސާރވިސްގައި  ކުރިއަރ އެޖެންޓެެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތައް

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 މާރިޗު 14 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:00 ގެ ކުރިން، ސިޓީ، ފެކްސްނުވަތަ އީމެއިލް(bidinfo@macl.aero)  މެދުވެރިކޮށްޝައުޤުވެރިކަން ފާޅުކުރުމަށް (EOI) ހުށަހަޅަން ޖެހެއެވެ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ޤާބިލުކަން އަންގައިދޭ ލިޔުންތައް (ޕްރޮފައިލް، ތަޖުރިބާ ފަދަ ލިޔުންތައް) ފޯރުކޮށްދެއްވަން ވާނެކަމަށްވެސް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.

ވީއައިއޭގެ އާ ކާގޯ ޓާމިނަލް ހުޅުވީ މިދިޔަ ޖެނުއަރީ މަހުގެ 15 ގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ