ކުރިޔަށް އޮތް ރައްޔިޔުންގެ މަޖިލިހުގެ އެމްޑީޕީގެ ކެމްޕޭނަށް ރައީސް ސާލިހު ށ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.
އެގޮތުން އެންމެ ފުރަތަމަ ރައީސް ސާލިހު ވަޑައިގެންނެވީ ށ. ފުނަދޫއަށެވެ.
އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގެންގުޅޭ ސްލޯގަންއަކީ "މިސްރާބު ހަމަމަގަށް" އެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީން ވަނީ 89 ދާއިރާއަށް ވާދަކުރުމަށް ނިންމާފަ އެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރީލް 21 ގަ އެވެ.