ރައްޔިތުންގެ ހައްގުތައް ނަގާލާކަމަށް ވާނަ، ދެކޮޅަށް އެމްޑީޕީ ތެދުވާނެ: ރައީސް ސާލިހު

ރައްޔިތުންގެ ހައްގުތައް ނަގާލާކަމަށް ވާނަ، ދެކޮޅަށް އެމްޑީޕީ ތެދުވާނެ: ރައީސް ސާލިހު

ގުޅުންހުރި

ގައުމުގެ މަސްލަހަތާއި، ރައްޔިތުންގެ ހައްގުތައް ނަގާލާ ކަމަށްވާނަމަ، އެކަންކަމާއި ދެކޮޅަށް އެމްޑީޕީ މަސައްކަތް ކުރާނެކަމަށް ކުރީގެ ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ރޭ މާލޭގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ކެމްޕޭން އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ހޯދަން އުޅެނީ ސަރުކާރަށް އުނދަގޫ ކުރަން ނޫން ކަމަށާއި، އެއީ ގައުމު ހަމަމަގަށް އެޅުވުމުގެ ބޭނުމުގައި ކަމުގައެވެ.

އަދި އެމްޑީޕީން ސަރުކާރަށް އުނދަގޫ ކުރާންވެސް ބޭނުން ނުވާކަން ފާހަގަ ކުރައްވަމުން ރައީސް ސާލިހު ވިދާޅުވީ ރައްޔިތުންނާއި ގައުމުގެ ތަރައްގީއަށްޓަކާ ކުރާ ކޮންމެ ކަމެއްގައި އެންމެ އިސްވެ އެކަމަށް ތާއީދުކުރާނީ އެމްޑީޕީން ކަމަށެވެ.

ނަމަވެސް މި ގައުމުގެ މަސްލަހަތާއި، ރައްޔިތުންގެ ހައްގުތައް ނަގާލާ ކަމަށްވާނަމަ އެންމެ ފުރަތަމަ ތެދުވެ ހަމަ މަގަށް އަޅުވާނީ ވެސް އަޅުގަނޑުމެން.

ސޯލިހު ވިދާޅުވި އެވެ.

ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ ކިބައިގައި ހިތްވަރާއި ކެރުންތެރިކަން ހުންނާނެ ކަމަށާއި މިއަދު މަޖިލީހަށް ވައްދަން ބޭނުން ވަނީ ޒުވާން ޓީމެއް ކަމަށެވެ. އަދި މަޖިލިސް އިންތިހާބުގައި ރައްޔިތުން އެމްޑީޕީ އަށް ބޮޑު މެޖޯރިޓީ އެއް ދެއްވާނެ ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގެންގުޅޭ ސްލޯގަންއަކީ "މިސްރާބު ހަމަމަގަށް" އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީން ވަނީ 89 ދާއިރާއަށް ވާދަކުރުމަށް ނިންމާފަ އެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރީލް 21 ގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ