އައްޑޫގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެ

އައްޑޫގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެ

Author
ހުސެއިން
06 މާރޗް 2024 10:46
0

އައްޑޫ ސިޓީ، ހިތަދޫގެ، ފަތާ ޓްރެކް ސަރަހައްދުގައި މޫދަށް އެރި އުޅުނު އުމުރުން ދުވަސްވީ މީހަކު ގެނބިގެން ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެނބިގެން ނިޔާވީ އުމުރުން 63 އަހަރުގެ އެ އަންހެނެކެވެ.

އަންހެންމީހާ ގެނބުމުން ފަރުވާ ދިނުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދެވުނެވެ. އެހެންނަމަވެސް އޭނާ އެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެއްވެސް ހަރަކާތެއް ނެތްކަމަށް އެނގިފައި ވެއެވެ.

މިހާދިސާ ހިނގާފައިވަނީ އިރުއޮއްސެން އުޅެނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.