މިއަހަރު އެޕްރިމް މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން ފެށުމަށް ހަމަޖެހިފައިވާ ޕައިލެޓް ކޯހުގެ އާ އިންޓޭކަށް ހުޅުވާލައިފިއެވެ.
މި ކޯހުގައި ހިންގުމަށް ހަމަޖެހިފައިވަނީ 6 މަހުގެ އޭޓީޕީއެލް ތިއަރީއާ 6 މަހުގެ ފްލައިޓް ތަމްރީނުތަކެވެ.
ކޯހަށް ވުމުގެ ޝަރުތުތަކަކީ:
- އުމުރުން 17 އަހަރުވެފައިވުން
- އޯލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ ކޯހަކުން، އިނގިރޭސި، ފިޒިކްސް އަދި ހިސާބު ފާސްވެފައިވުން
- ކްލާސް 1 މެޑިކަލެއް އޮތުން
ދެ ބަޔަކަށް ބަހާލައިގެން އެއް އަހަރުގެ މުއްދަތަށް ހިންގާ މި ކޯހަށް ކޮންމެ ދަރިވަރަކުވެސް 63،000 ޑޮލަރު ދައްކަން ޖެހެއެވެ. އެއީ މިލިއަނެއްހާ ރުފިޔާއެވެ.
ކޯހުގެ ފީގެ ތެރޭގައި ކިޔެވުމަށް ބޭނުންވާ ސާމާނާއި ޔުނިފޯމް ހިމެނޭއިރު، ކެއުމާއި ހުރުމާއި މެޑިކަލް ފީގެ ތެރޭގައި ނުހިމެނެއެވެ.
ކޯހުގައި ބައިވެރިވާން ބޭނުން ކުދިން [email protected] ލިޔުންތައް ހުށައެޅުމަށް އެކެޑަމީން އެދެއެވެ.
އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ގުޅިގެން މޯލްޑިވްސް އޭވިއޭޝަން އެކަޑެމީ އުފެއްދީ 2021 ވަނައަހަރުގެ ޑިސެމްބަރު މަހުއެވެ. މި އެކަޑަމީގައި ކޯސްތައް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީމަހުއެވެ. މި އެކަޑަމީން ކޯސް ފުރިހަމަކުރި ފުރަތަމަ ބެޗް ކޯސް ނިންމާ ދަސްވެނިވި ވެފައިވަނީ ފާއިތުވި އަހަރުގެ ސެޕްޓެމްނަރު 6 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ