ސިޔާސީ މުވައްޒަފުންގެ އަދަދު މަޖިލީހުން ފާސްކުރަންޖެހޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފި

ސިޔާސީ މުވައްޒަފުންގެ އަދަދު މަޖިލީހުން ފާސްކުރަންޖެހޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފި

Author
ހުސެއިން
05 މާރޗް 2024 11:12
0

ވެރިކަން ހިންގުމަށްޓަކާ މަގާމްތަކަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރުމަށް ރައީސުލްޖުމުހޫރިއްޔާއަށް ލިބިދީފައި އޮންނަ އިޚްތިޔާރުގެ ދަށުން އައްޔަންކުރާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހަޅައިފިއެވެ.

އެގޮތުން ސަރުކާރުން އުފައްދާ ވުޒާރާތަކުގެ އަދަދާއި އެ ވުޒާރާތަކުގެ މަސައްކަތްތަކަށް ބޭނުންވާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހެޅުއްވީ ޑިމޮކްރެޓްސް ޕާޓީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާއެވެ.

އޭނާ އިސްލާހު ހުށަހަޅުއްވާފައިވަނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާ އިސްލާހުކުރުމަށެވެ.

އީވާ ހުށަހެޅުއްވި އިސްލާހުގައިވާނީ ސަރުކާރުން ވުޒާރާތައް އުފައްދާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ވުޒާރާތަކުގެ އަދަދާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވަންޖެހޭނެ ކަމަށެވެ.

އަދި ސަރުކާރުގެ ވުޒާރާތައް އުފައްދާ ތާރީހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ވުޒާރާތަކުގެ މަސައްކަތްތަކަށް ބޭނުންވާނެ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރަންޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.