ބުލީކުރާ ގައުމުތަކުން 4.5 ބިލިއަން ޑޮލަރުގެ އެހީއެއް ނުދޭނެ: ޖައިޝަންކަރު

ބުލީކުރާ ގައުމުތަކުން 4.5 ބިލިއަން ޑޮލަރުގެ އެހީއެއް ނުދޭނެ: ޖައިޝަންކަރު

ގުޅުންހުރި

ބުލީކުރާ މީހުން އަވައްޓެރިންނަށް 4.5 ބިލިއަން ޑޮލަރުގެ އެހީއެއް ނުދޭނެ ކަމަށް ވިދާޅުވެ، ރާއްޖެ ކިތަންމެ ކުޑަވިޔަސް ބުލީ (ހަނގާ) ނުކުރެވޭނެކަމަށް ވިދާޅުވެ، ރައީސް މުއިއްޒު އިންޑިއާއަށް ނިސްބަތްކޮށް ދެއްކެވި ވާހަކަތަކަށް އިންޑިއާގެ އެކްސްޓާނަލް މިނިސްތަރ ޖައިޝަންކަރު ރައްދު ދެއްވައިފިއެވެ.

އެސް ޖައިޝަންކަރު މިހެން ވިދާޅުވެފައި މިވަނީ ސަބްކޮންޓިނެންޓާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާއަކީ "ބުލީ" އެއްތޯ ސުވާލު ކުރުމުންނެވެ. އިންޑިއާއަކީ "ބުލީ" އެއް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު (އީއޭއެމް) އެސް ޖައިޝަންކަރު ވަރުގަދަ ރައްދެއް ދެއްވައި ވިދާޅުވީ "އަވަށްޓެރި ގައުމުތައް ހާލުގައި ޖެހިފައިވާ ދަނޑިވަޅެއްގައި ބޮޑެތި ބުލީކުރާ ފަރާތްތަކުން 4.5 ބިލިއަން ޑޮލަރުގެ އެހީ ނުދޭ" ކަމަށެވެ.

ޖައިޝަންކަރު މިހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ ވެރިރަށް ދިއްލީގައި ބޭއްވި ފޮތް ނެރުމުގެ ހަރަކާތެއްގައި އިންޑިއާ އަކީ ސަބްކޮންޓިނެންޓާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި "ބުލީ" އެއްތޯ ސުވާލު ކުރުމުންނެވެ. "ދުނިޔޭގެ މި ހިސާބަށް މިއަދު އައި ބޮޑު ބަދަލަކީ އިންޑިއާ އާއި އަވަށްޓެރި ގައުމުތަކުގެ މެދުގައި ހިނގާފައިވާ ކަންކަން. އިންޑިއާއަކީ ބޮޑު ބުލީއެއްގެ ގޮތުގައި ދެކޭ ކަމަށް ބުނާއިރު، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަވަށްޓެރިން ހާލުގައި ޖެހިއްޖެ ހާލަތެއްގައި ބޮޑެތި ބުލީކުރާ މީހުން ހަތަރު ބިލިއަން ޑޮލަރެއް ނުދޭ. ކޮވިޑް-19ގެ ތެރޭގައިވެސް ބުލީކުރާ މީހުން އެހެން ގައުމުތަކަށް ވެކްސިން ސަޕްލައި ނުކުރާނެ ކަމަށާއި ނުވަތަ ކާބޯތަކެތީގެ ޑިމާންޑްތަކަށް ނުވަތަ ތެލުގެ ޑިމާންޑްތަކަށް ނުވަތަ ފާޓިލައިޒަރ ޑިމާންޑްތަކަށް އިޖާބަ ދިނުމަށް އަމިއްލަ އުސޫލަށް އިސްތިސްނާކުރަނީ ދުނިޔޭގެ އެހެން ހިސާބެއްގައި ހިނގަމުންދާ ހަނގުރާމައެއްގެ ސަބަބުން އެމީހުންގެ ދިރިއުޅުން ހަލަބޮލިވެފައިވާތީ،" ޖައިޝަންކަރު ވިދާޅުވި އެވެ.

އިންޑިއާ އާއި އަވަށްޓެރި ގައުމުތަކާ ދެމެދު ގުޅުން ބަދަހިކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޖައިޝަންކަރު ވިދާޅުވީ، ނޭޕާލް، ސްރީލަންކާ، ބޫޓާން، ބަންގްލަދޭޝް އަދި ރާއްޖެއާ އެކު ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްތަކާއި ދަތުރުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. "މިއަދު ކަނެކްޓިވިޓީގައި، ހަމައެކަނި ދަތުރުފަތުރުކުރާ މީހުންގެ އަދަދާއި، ހުރި ވިޔަފާރީގެ ވޮލިއުމް، ހުރި އިންވެސްޓްމަންޓްތަކަކީ، ހަގީގަތުގައި ވަރަށް ރަނގަޅު ވާހަކައެއް. ހަމައެކަނި ނޭޕާލާއި ބަންގްލަދޭޝްއާއެކު ނޫން، ސްރީލަންކާއާއެކުވެސް، އަޅުގަނޑު ދަންނަވާނީ، ދިވެހިރާއްޖެއާއެކުވެސް… އަދި ބޫޓާން… މާނައަކީ އަހަރެން ބޭނުމެއް ނޫން އެ މީހުން ނަކީ އަބަދުވެސް ވަރުގަދަ ޕާޓްނަރުންނަށް ވާތީ އެ މީހުން މަތިން ހަނދާން ނައްތާލާކަށް،" ޖައި ޝަންކަރު ވިދާޅުވިއެވެ.

ރާއްޖެ ކުޑަވުމަކީ އެހެން ގައުމުތަކުން ރާއްޖެއަށް ބުލީކުރަން ލިބޭ ލައިސެންސެއް ނޫން ކަމުގައި ރައީސް މުއިއްޒު ވިދާޅުވެ ރައީސް މުއިއްޒު އިންޑިއާއަށް ނުސީދާކޮށް ރައްދު ދެއްވީ އެމަނިކުފާނު ކުރެއްވި ފުރަމާނަ ދަތުރުފުޅެއް ނިންމަވާ ލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖެއަށް ގަނާ ނުކުރެވޭނެކަމަށް ވިދާޅުވެ ރައީސް އިންޑިއަަށް ރައްދު ދެއްވީ، އިންޑިއާގެ ބޮޑުވަޒީރު އެގައުމުގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެކްސްގައިކުރި ޕޯސްޓަކަށްފަހު، އިންޑިއާގެ ސޯޝަލް މީޑިއާގައި ރާއްޖެއާއި ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ފެށުމާއި ގުޅިގެން، ރާއްޖޭގެ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ސަރުކާރުގެ އިސް ބައެއް ފަރާތްތަކުން، ރާއްޖެއާއި ދެކޮޅަށް ހިންގި އެންޓި ކެމްޕޭނަށް ރައްދު ދޭން ފެށުމާއި ގުޅިގެން މައްސަލަ ހޫނުވެ، އޭގެ އަސަރު ދެގައުމުގެ ގުޅުމަށްވެސް ކޮށްފައި ވަނިކޮށެވެ.

މީޑިއާތަކަށް ވިއައިއޭގައި ސްޓޭޓަންޓު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވިނަމަވެސް، އިންޑިއާ ކަނޑުގައި ރާއްޖޭގެ އެކްސްކްލޫސިވް އެކޮނޮމިކް ޒޯން ވަރަށް ބޮޑު ކަމަށެވެ.

މި ކަނޑުގައި އެއްގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ރާއްޖެ. ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ.

ރައީސް ވިދާޅުވިއެވެ.

ރައީސް  އިތުތަރަށް ވިދާޅުވީ ރާއްޖެ އޮތީ އެއްވެސް ގައުމެއްގެ ބެލް ޔާޑުގައި ނޫންކަމަށާއި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށެވެ.

އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް.

ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވ  ކުރީގެ ސަރުކާރުގެ ދުވަސްވަރު ފެނިގެން ދިޔައީ، އެއްގޮޑިން ތެދުވެ އަނެއް ގޮޑީގައި އިށީންނަންވެސް ވަކި ބައެެއްގެ ހުއްދަ ހޯދަންޖެނު މަންޒަރު ކަމުގައެވެ.

"މިދިޔަ ސަރުކާރުގެ ދުވަސްވަރުގައި ފެނުނީ، އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައިވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ."

އިންޑިއާއަށް ނިސްބަތްކޮށް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ