އިންނަމާދޫ ކައުންސިލުން އެދުނީ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް އެރަށުގައި ފްލެޓް އަޅައިދިނުމަށް

އިންނަމާދޫ ކައުންސިލުން އެދުނީ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް އެރަށުގައި ފްލެޓް އަޅައިދިނުމަށް

Author
ހުސެއިން
03 މާރޗް 2024 11:13
0

އިންނަމާދޫ ރައްޔިތުން އެދޭ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން އެރަށު ކައުންސިލާ އެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރ. އިނގުރައިދޫ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަމުގެ ގޮތުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ފްލެޓް އަޅަން ބޭނުންވާކަމާއި އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރުމާއި ރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ރަށުގައި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރެއް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން ފެށުމަށްފަހު މަސައްކަތް ހުއްޓިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް އަލުން ފަށައިގެން ކުރިޔަށްގެންދިއުމުގެ ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

އަދި މި ބައްދަލުވުމަށްފަހު ފައިނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.