2024-2025 ވަނަ އަހަރުގެ ގްރޭޑް އެކަކަށް 26 ފެބްރުއަރީ 2024 ގައި ކުދިން ވެއްދުމަށް ހުޅުވާލިއިރު އެޑްމިޝަން ފޯމާއެކު ޓްރާންސްޖެންޑަރ އޮޕްޝަން ލެވުނީ އޮޅުމަކުން ކަމުގައި ޢިޔާސުއްދީން ސްކޫލުން ބުނެފިއެވެ.
2024-2025 ވަނަ އަހަރުގެ ގްރޭޑް އެކަކަށް 26 ފެބްރުއަރީ 2024 ގައި ކުދިން ވެއްދުމަށް ހުޅުވާލިއިރު އެޑްމިޝަން ފޯމާއެކު ޓްރާންސްޖެންޑަރ އޮޕްޝަން ލެވުނު ގޮތް އޮޅުން ފޮލުވަދިނުމަށް އެ ސްކޫލުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، އެސްކޫލަށް އަލަށް ކުދިން ވެއްދުމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ހުޅުވާލިރު، އެޑްމިޝަން ފޯމުގައި ޖެންޑާ ޑްރޮޕްޑައުން މެނޫގެ ދަށުން ޓްރާންސްޖެންޑާ އޮޕްޝަނެއް އިން ކަމަށާއި، އެއީ އެ ސްކޫލުގެ އީ.އާރު.ޕީ ސިސްޓަމްގެ ތެރެއަށް، އިންޑިޔާގެ ސްކޫލްތަކުން އެދުނު އެދުމުގެ ސަބަބުން، ރާއްޖޭން ބޭރުގައި ގެނެސްފައިވާ އޮޕްޝަނެއް ކަމުގައެވެ.
އިޔާސުއްދީން ސްކޫލުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، މިއީ ފޯމް ރަނގަޅަށް ޗެކް ނުކުރެވުގެ ސަބަބުން އައި ބަދަލެއް ކަމަށާއި، އެއީ އެ ސްކޫލުގެ އިހުމާލުން ވެފައި އޮތްކަމެއް ކަމަށް ދެކޭ ކަމަށެވެ.
މިކަން ހިނގިކަން އެނގުނު ވަގުތުން ފެށިގެން، އެ ސްކޫލުން އެ ފޯމް ބަދަލުކޮށް، އެ އޮޕްޝަން ވަގުތުން ފޯމުން އުނިކުރި ކަމަށްވެސް ސްކޫލުން ވިދާޅުވެފައި ވެއެވެ.
އަދި މިކަމުގެ ސަބަބުނބް މައިންބަފައިންނާއި ޢާންމުންނަށް ލިބިގެން ދިޔަ ނުތަނަވަސްކަމަށް ވަރަށް ބޮޑަށް މަޢާފަށް އެދޭކަމަށާއި، މިފަދަ ކުށެއް ދެން ތަކުރާރުވެގެން ނުދާނޭ ކަމުގެ ޔަގީންކަން ދޭކަމަށް އެސްކޫލުން ހާމަކޮށްފައި ވެއެވެ.
އެސްކޫލުން ވިދާޅުވެފައިވަނީ އެ ސްކޫލުގެ ފާއިތުވި 14 އަހަރުގެ ޚިދުމަތުގައި، އަބަދުވެސް ޤައުމުގެ އަޚްލާޤީ، އަދި ދީނީ ރިވެތި އަޚްލާޤު ދަމަހައްޓައި، ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރަމުން ގެންދަނީ އެ ސްުކޫލުގައި އިސްލާމްދީނާއި، އެދީނުގެ ޢިލްމުތައް ދަމަހައްޓައި، ކިޔަވައިދިނުމަށް ކަމަށެވެ.
އަދި އަލުން އެ ސްކޫލަށް ކުދިން ވެއްދުމަށް މިހާރު ހުޅުވާލުމަށް ހަމަޖެހިފައިވަނީ، މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ރޭގަނޑު 8:00 ގައެވެ.
ކޮމެންޓު ފޮނުވާ