އިބުރާހީމީ މިސްކިތް ކައިރީގައި ހުންނަ ހ.ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގައި ރޯވި އަލިފާން މިހާރުނކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންގެ މަސައްކަތުން، 18:23ހާއިރު ވަނީ އަލިފާން ކޮންޓްރޯލްކުރެވިފައި ކަމުގައެވެ.
ރޯވެފައި ވަނީ ބިދޭސީން އުޅޭ ތަނެއްގައި ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ މަޢުލޫމާތެއް ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މަޖީދީމަގު ފަސޭހަ ޕޮއިންޓް ހޮޓާ ކައިރީ ހުރި އިމާރާތެއްގެ ފުރަތަމަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފެށީ މި ހާދިސާގެ މަޢުލޫމާތު މިއަދު ހަވީރު 18:07 ހާއިރު ލިބުމުން ކަމުގައެވެ.
މަންޒަރުދުށް ބައެއް މީހުން ބުނެފައިވަނީއި ރޯވި އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުރި ބޭކަރީގައި ވަަރަށް ބޮޑަށް ރޯވެ އަނދާފައިވާ ކަމުގައެވެ. އަދި އެތަނުގެ ތެރެއިން ވަރަށް ބާރު ގޮވުންތަކެއްގެ އަޑު އިވެމުން ގޮސްފައިވާ ކަަމަށެވެ.
ކޮމެންޓު ފޮނުވާ