މަޖިލިސް ކެމްޕޭނަށް ރައީސް ސާލިހު ބ. އަތޮޅަށް ވަޑައިގެންފި

މަޖިލިސް ކެމްޕޭނަށް ރައީސް ސާލިހު ބ. އަތޮޅަށް ވަޑައިގެންފި

ގުޅުންހުރި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ކެމްޕޭނަށް ރައީސް ސާލިހު ބ. އަތޮޅަށް ވަޑައިގެންފިއެވެ.

އެމްޑީޕީން ބުނެފައިވަނީ ރައީސް ސާލިހު ބ. އަތޮޅަށް ވަޑައިގަތުމުން އެމްޑީޕީގެ ބ. ކެމްޕެއިން ދަރަވަންދޫއިން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވާ ކަމުގައެވެ.

އެމްޑީޕިން ދަނީ އެޕާޓީގެ ކެނޑިޑޭޓުންނަށް ޕާޓީގެ ފަރާތުން ކެމްޕޭން ކޮށްދެމުންނެވެ. އެގޮތުން ޕާޓީގެ ރައީސް ޝާހިދުވެސް ދަނީ އެކި ރަށްތަކަށް ވަޑައިގެން ކެމްޕޭން ކުރައްވަމުންނެވެ. އެމްޑީޕީގެ މަޖިލިސް ކެމްޕޭން ޝިއާރަކީ "މިސްރާބު ހަމަމަގަށް" އެވެ.

20 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނީ 326 ފިރިހެން އަދި 42 އަންހެން ކެންޑިޑޭޓުންނެވެ. 20 ވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. އެމްޑީޕީން އިންތިހާބުގައި ވާދަކުރަނީ 90 ކެންޑިޑޭޓުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ