އިންތިހާބު ފަސްވުމުން އިތުރު 560 މީހަކަށް ވޯޓުލެވޭ

އިންތިހާބު ފަސްވުމުން އިތުރު 560 މީހަކަށް ވޯޓުލެވޭ

Author
ހުސެއިން
02 މާރޗް 2024 09:20
0

ކުރިން މި މަހު ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލީހުުގެ އިންތިހާބު އަންނަ އެޕްރީލަށް ފަސްކުރުމާ ގުޅިގެން ވޯޓްލުމުގެ ހައްގު ލިބޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ކުރިން އިންތިހާބު ބާއްވަން ނިންމީ މި މަހުގެ 17 ގަ އެވެ. ނަމަވެސް ރޯދަ މަހާ އިންތިހާބު ދިމާވާތީ، އިންތިހާބާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން މިހާރު އިންތިހާބު ބާއްވަން ނިންމާފައިވާތީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އެޕްރީލް މަހުގެ 21 ގަ އެވެ.

އެހެންވެ ތާރީހަށް މި އައި ބަދަލާ އެކީ އެހާތަނަށް ވޯޓްލެވޭ މީހުންގެ ޖުމްލަ އަދަދަށް 560 މީހަކު އިތުރުވާނެ އެވެ.

އިސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އަލަށް ނިންމި ތާރީހާ އެކީ އިންތިހާބު އޮންނަ ދުވަހާ ހަމައަށް 18 އަހަރުފުރޭ މީހުންނާ އެކު ޖުމްލަ ވޯޓު ލެވޭ މީހުންގެ ޖުމްލަ އަދަދު 284887 އަށް އަރާނެ ކަމަށެވެ.

އެހެންވެ ރީރަޖިސްޓްރޭޝަން އަށް އިތުރު ތިން ދުވަސް ދިނުމަށް ވެސް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބުގެ 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. މީގެ ތެރޭގައި ގިނައީ އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.