ރައްޔިތުންގެ މަޖިލިހުގެ 12 މެމްބަރަކު ޕީއެންސީއަށް، ފެންފޮދެއް ބޯލާހެން ގެންގޮސް ވަނީ ދިރުވާލާފައި: ރައީސް ސާލިހު

ރައްޔިތުންގެ މަޖިލިހުގެ 12 މެމްބަރަކު ޕީއެންސީއަށް، ފެންފޮދެއް ބޯލާހެން ގެންގޮސް ވަނީ ދިރުވާލާފައި: ރައީސް ސާލިހު

ގުޅުންހުރި

އެމްޑީޕީން އެތައް ބުރަ މަސައްކަތަކުން ހޮވި 12 މެމްބަރަކު ސަރުކާރު ހިންގާ ޕީއެންސީއަަށް "ފެންފޮދެއް ބޯލާހެން" ގެންގޮސް ދިރުވާލާފައިވާކަމަށް ކުރީގެ ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ އެމްޑީޕީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލަސާގައި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް ފުރަތަމަ އައުމާ އެކީގައި ކުރަން ފެއްޓި ކަމަކީ ފައްކާވެފައި އޮތް ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލައި ހުދުމުހުތާރު ވެރިކަމަކަށް ބަދަލު ކުރުމުގެ މަސައްކަތް ކަމުގައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލިހުގެ ބާރު ކަނޑުވާލާ، އެ މަޖިލިހުގެ އަގު ވައްޓާލާ ގާނޫނު އަސާސީން ލިބިދީފަ އޮތް ބާރުތައް ނައްތާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސް ސާލިހު ތުހުމަތު ކުރެއްވިއެވެ.

އެތަނުގެ އަގު ވައްޓާލައި ގާނޫނު އަސާސީން ލިބިދީފައިވާ ބާރުތައް ނިގުޅައިގަތުމަށްޓަކައި މަސައްކަތް ކުރެއްވި. އެގޮތުން ފުރަތަމަ ކުރެއްވި ކަމަކީ، އެތައް ބުރަ މަސައްކަތުން އަޅުގަނޑުމެން އެމްޑީޕީން ހޮވާފާއި ތިވި މެންބަރުން ތަކެއް، އެ ކުރި ކަމެއް ކޮށްގެން ގެންދިޔައީ. 12 ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންގޮސްފި. ފެންފޮދެއް ބޯލާހެން އެކަންކޮށް ނިންމައިފި. ދިރުވާލައިފި. ހުދު ފޮތިކޮޅެއްހެން އެބަ ހުންނަވާ. މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގު ވައްޓާލައި ބާރު ކަނޑުވާލުމަށްޓަކައި ފުރަތަމަ ކުރެއްވި ކަންތައް.

ސޯލިހު ވިދާޅުވި އެވެ.

ރައީސް ސާލިހު އިތުރަށް ވިދާޅުވީ ދޮގު ހަދާ އޮޅުވާލުމުގެ އިތުރަށް، ގާނޫނު އަސާސީން ލިބި ދީފައިވާ ހައްގުތައް ހިފެހެއްޓުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމުގައެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ސަރުކާރުން ކުރި ކަމެއްގެ ގޮތުގައި ރައީސް ސާލިހު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ