ޕޭ ސްޓަރަކްޗަރ ހަދާއިރު ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެންނަނީ

ޕޭ ސްޓަރަކްޗަރ ހަދާއިރު ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެންނަނީ

Author
ހުސެއިން
01 މާރޗް 2024 04:22
0

ޕޭ ސްޓަރަކްޗަރ ހަދާއިރު ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ސަރުކާރުން ގެނެސް ދެއްވާނެކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ސިލްސިލާކޮށް ގެންނަމުންދާ “ރައީސްގެ ޖަވާބު”ގެ މިއަދުގެ ސެގްމަންޓުގައ ިނ. މަނަދޫ ކައުންސިލް އިދާރާގެ މުވައްޒަފެއްކަމަށްވާ، އެ ރަށު، ހޭޅި، ޢައްޒާ ޢަބްދުލްޣަފޫރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެޡ

އޭނާ ކަންބޮޑުވުން ފާޅުކުރީ ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައާ ޢިނާޔަތްތަކާއި ގުޅޭގޮތުންނެވެ.

އަޅުގަނޑުމެން ވެސް ކިޔެވީމާ އެ ކިޔަވާ އެއްޗަކަށް އަޅުގަނޑުމެންނަށް އެ ލިބެންޖެހޭ އިންކްރިމެންޓު ހޯދަން މި ކަމަށް ކިހިނެއްތޯއޭ.

ޢައްޒާގެ ސުވާލުގައި އޭނާވިދާޅުވިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މާލޭ ސިޓީގެ މޭޔަރުކަން ވެސް ކުރެއްވި ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ މުވައްޒަފުން ރެޔާއި ދުވާލުކުރާ ބުރަ މަސައްކަތް ވަރަށް ގާތުން ދެކެވަޑައިގެންފައިވާ ކަމަށެވެ. އަދި، އޭރު މާލޭގެ މޭޔަރަކަށް ހުންނަވައިގެން މުވައްޒަފުންގެ މުސާރައިގެ ކަންކަމުގައި އުޅުއްވުމުން އެ ކަމުގައި ހުރި ގާނޫނީ ހުރަސްތައް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ކެޓަގަރައިޒްކޮށްފައި އޮންނަ ގޮތުން ކައުންސިލްތައް މި ވަނީ އެންމެ ދަށް ފަންތީގައި ކެޓަގަރައިޒްކޮށްފައި. އެހެންނަމަވެސް އަޅުގަނޑުމެންގެ ޕޭ ސްޓްރަކްޗާ ހެދުމުގެ ތެރޭގައި ތި ކަމަށް ހައްލެއް ގެންނަން އަޅުގަނޑު ބޭނުން.

ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެހެން ގިނަ އޮފީސްތަކޢޮ ޚިލާފަށް ކައުންސިލްތަކުގެ ސިވިލްސާބިސް މުވައްޒަފުންނަކީ އަބަދުވެސް ޚިދުމަތުގައި ތިބެންޖެހޭ ބައެއް ކަމަށެވެ.

މި ކަމުގައި ގާނޫނީ އިޝޫސްތަކެއް މި އަންނަނީ. ސިވިލް ސާވިސްއާ އެލްޖީއޭއާ ދޭތެރޭގައި ވެސް ހިޔާލު އެއްގޮތް ނުކުރެވިފައި ހުރީ ގާނޫނީ އިޝޫސްތަކެއް ހުރީމާ.. މަޖިލީސް ތެރެއިން ހައްލުކުރަންޖެހޭ ބައެއް ގާނޫނީ މާއްދާތަކަށް ގެންނަންޖެހޭ އިސްލާހުތައް ވެސް ހުރި ކަމެއް މިއީ.

ކައުންސިލްތަކުގެ އިދާރީ މިވައްޒަފުންގެ މުސާރައަށް ހެޔޮބަދަލު ގެނައުމަށް ހައްކުރާންޖެހޭ ގާނޫނީ މައްސަލަތައް ފާހަގަ ކުރައްވަމުން ރައީސް

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.