ރައީސް އަޒުލްކުރުމަށް މެމްބަރުން އަދަދު ގުންނަޖެހޭނީ ހުސްގޮނޑި ހިމަނައިގެން ކަމުގައި ސުޕްރިމް ކޯޓުން ކޮށްފިއެވެ.
ރައީސްއާއި ނާއިބު ރައީސް އަޒުލްކުރެވޭގޮތަށް ލުއިކަން ގެނެސް، މަޖިލިހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ބަންޑާރަނައިބުގެ އޮފީހުން ސުޕްރިމް ކޯޓަށް ހުށަހެޅި މައްސަލާގައި މިައދު ކުރި ހުކުމްގައި ސުޕްރިމް ކޯޓުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު 80 އަށް ހަދަން މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ހިލާފު ކަމަށާއި އެހެންނަމަވެސް އެ މާއްދާ މިހާރު ބާތިލުކޮށްފައިވާތީ ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.
ބަންޑާރަނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ހިންގާ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ގޮތުގައި ކަނޑައަޅައިދިނުމަށެވެ.
އެ މައްސަލައިގައި ހުކުމް މިއަދު ހެނދުނު ސުޕްރީމް ކޯޓުގައި ކޮށްފައިވަނީ އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އަދި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ގަވާއިދަށް ގެނައި އިސްލާހަކީ ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅުއްވާފައެވެ.
އެހެންނަމަވެސް އެ މައްސަލާގައި މިހާރު ކުރެވޭނެކަމަށް ނެތްކަމަށް ނިންމާފައިވަނީ، މައްސަލަ ސުޕްރިމް ކޯޓުގައި ކުރިޔަށް ދަނިކޮށް، އެ މާއްދާ އުވާލާފައިވާތީކަމަށްވެސް ސުޕްރިމް ކޯޓުގެ ހުކުމުގައި ވިދާޅުވެފައިވެއެވެ.
ދޭއް… ގާބޫނު އަސާސީގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ހުސް ގޮނޑިތައް ނުހިމެނޭގޮތަށް ރައްޔިތުންގެ މަޖިލިހުން މާނަކޮށްފައިވަނީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލިހުން ފާސްކުރަންޖެހޭ ކަންކަން ބަޔާންކުރާ ގާނޫނު އަސާސީގެ 3 ވަނަ މާއްދާ، 80 ވަނަ މާއްދާ، 85 ވަނަ މާއްދާގެ ށ. 86 ވަނަ މާއްދާ، 87 ވަނަ މާއްދާގެ ހ. އަދި ށ.، 88 ވަނަ މާއްދާހެ ހ. ގެ ދެވަނަ ނަމްބަރާއި، 91 ވަނަ މާއްދާގެ ށ. 100 ވަނަ މާއްދާގެ ށ. 100 ވަނަ މާއްދާގެ ބ. 101 ވަނަ މާއްދާގެ ނ. 154 ވަނަ މާއްދާގެ ށ. 210 ވަނަ މާއްދާއާއި 2015 ވަނަ މާއްދާއާއި، 2021 ވަނަ މާއްދާއާއި، 250 ވަނަ މާއްދާގެ ށ. 251 ވަނަ މާއްދާގެ ނ. 257 ވަނަ މާއްދާގެ ށ. ނ. އަދި 261 ވަނަ މާއްދާއާއި ތައާރަޒްވާ ގޮތަށްކަމަށް ކަނޑައަޅާ، ތިނެއް.. 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ 2023 ވަނަ އަހަރުގެ 3 ވަނަ ދަައުރުގެ 37ވަނަ ޖަލްސައިން ފާސްކޮށް، ރައްޔިތުންގެ މަޖިލިހުގެ ގަވާއިދަށް އިތުރުކޮށްފައިވާ 49 ވަނަ މާއްދާގެ ކ.އ. އަދި ވ. އަކީ ގާނޫނު އަސަސީގެ 268 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ ރ. އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލިހަށް ލިބިގެންވާ އިޚްތިޔާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމުގައި ވީނަމަވެސް، އެ އަކުރުތަކަކީ މިހާރު ރައްޔިތުންގެ މަޖިލިހުން ބާތިލް ކޮށްފައިވާ އަކުރުތަކެއް ކަމުން އެ އަކުރުތަކާމެދު މިކޯޓުން އަޅައިދެވޭނެ އިތުރު ފިޔަވަޅެއް ނެތްކަމަށް ކަނޑައަޅާ މިމައްސަލަ ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިންތިފާގުން ހުކުމް ކޮށްފިން.
ސުޕްރިމް ކޯޓުގެ ހުކުމްގައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އަޒުލު ކުރުމުގެ ޕްރޮސެސް ބަޔާން ކުރާ މާއްދާތައް ބަދަލު ކުރި މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.
އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ މިމަހުގެ 4 ވަނަ ދުވަހު ބަންޑާރަ ނައިބު އޮފީހުންނެވެ.
މަޖިލީހުގެ ގަވައިދުތަކަށް ގެނައި އިސްލާހުތަކަކީ:
- ގަރާރު ލިބޭތާ ދެ ދުވަސްތެރޭގައި ނޯޓިސް ފޮނުވުން
- ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބޭއްވުން
- އެފަދަ މައްސަލައެއްގެ ބަހުސްގެ ވަގުތަކީ ތިން ގަޑިއިރު. ރައީސް ނުވަތަ ނައިބު ރައީސް އަށް ދިފާއުގައި ވާހަކަ ދައްކަވަން ލިބިވަޑައިގަންނަވާނީ 30 މިނެޓު.
- ތުހުމަތު ދިފާއުކުރެއްވުމަށްޓަކައި ގިނަވެގެން ތިން ވަކީލުން ގެންދެވޭނެ
- ގަރާރާއި މެދު މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ފަހު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ މައްސަލަ ފޮނުވަން ޖެހޭނީ ކޮމިޓީއަށް
- އެ ކޮމިޓީގެ މެންބަރުންގެ އަދަދަކީ ހަތެއް
އާންމު ކޮމެޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމަށް ބެލުމަށެވެ.
މަޖިލީހުގެ ގަވާއިދު އޮތް ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސްކުރެވޭނީ މަޖިލީހުގެ ތިން ބައި ކޮށްފައި ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ. އެކަމަކު އާ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަންނަވަން ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައިވާ އިރު، އެ ދާއިރާތަކަށް އާ މެމްބަރުން އިންތިހާބު ކުރާނެ މުއްދަތު ނެތުމުން، މަޖިލީހުގެ ޖުމްލަ އަދަދު ކަނޑައަޅާނެ ގޮތް ބަދަލުކުރުމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ވަނީ ފާސްކޮށްފައެވެ. މިއާއެކު، މިހާރު ޖުމްލަ މެމްބަރުންގެ އަދަދަކީ 80 އެވެ.
ނަމަވެސް ސަރުކާރާ ގުޅުނު ހަތް މެމްބަރުންގެ ގޮނޑި ހުސްވި ފަހުން އިދިކޮޅު އެމްޑީޕީގެ ކޮންޓްރޯލުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ޖުމުލަ މެންބަރުން ބަލާނެހަމައެވެ.