އިންތިޚާބު ފަސްކުރާ ބިލަށް އަމަލު ނުކޮށްފިނަމަ ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރު ދީފި

އިންތިޚާބު ފަސްކުރާ ބިލަށް އަމަލު ނުކޮށްފިނަމަ ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރު ދީފި

Author
ހުސެއިން
28 ފެބްރުއަރީ 2024 05:35
0

ރައްޔިތުންގެ މަޖިލިހުހެ ބޮޑު އަޢުލަބިޔަތަކުން މިއަދު ފާސްކޮށްފައިވާ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ފަސްކުރާބިލަށް އިލެކްޝަންސް ކޮމިޝަނުން އަމަލު ނުކޮށްފި ނަމަ މިޅި ކޮމިޝަންގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލިހުގައި ނަގާނެކަމުގެ އިންޒާރު މަޖިލިހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ދީފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ މަޖިލީހުން ފާސްކުރި ގަނޫނަށް އީސީން އަމަލިކުރާތަން ނުފެންނަނަމަ، ކޮމިޝަންގެ މައްޗަށް އިތުބާރެތްކަމުގެ މައްސަލަ މަޖިލިހަށް ވައްދަން އެޕާޓީން ފަސް ނުޖެހޭނެ ކަމުގައެވެ.

އެކަން އެ ގޮތަށް ވާ ތަން ނުފެންނަ ކަމަށްވާ ނަމަ އަޅުގަނޑުމެން މި ތިބީ ތައްޔާރަށް އިލެކްޝަން ކޮމިޝަންގެ އިތުބާރު ނެތް ކަމުގެ ވޯޓަކާ ހަމައަށް ދާން ވެސް.

ސަލީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު އަނބުރާ އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުވާލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް އެ ބިލު މަޖިލީހުން އަނެއްކާވެސް ފާސްކޮށްފި އެވެ.

މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅިދާނެ ކަމަށް ބުނެ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލީ މިދިޔަ އާދީއްތަ ދުވަހެވެ.

އިތުރު ބަދަލެއް ނުގެނެސް އެ ބިލު މިއަދު ފާސް ކުރީ 47 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްނުކުރަން ވޯޓުދިނީ 14 މެންބަރުންނެވެ.

ރޯދައިގެ ފަހުން އިންތިހާބު ބާއްވާ ގޮތަށް މަޖިލީހުން ފާސްކުރި އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ  ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާލެއްވީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.