ޗައިމްސް ޕްރީސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ހުރަވީއަށް މިއަދު ޒިޔާރަތްކޮށްފިއެވެ.
އެ ސްކޫލުގެ އެލްކޭޖީ އަދި ޔޫކޭޖީން ޖުމްލަ 40 ދަރިވަރުން ބައިވެރިވި މި ޒިޔާރަތަކީ، އެ ސްކޫލުގައި ކިޔަވައިދޭ ޓޮޕިކެއް ކަމުގައިވާ "ދޯސް ހޫ ހެލްޕް އަސް" ގެ ދަށުން ކުރި ޒިޔާރަތެކެވެ.
މި ޒިޔާރަތުގައި، ދަރިވަރުންނަށް ވަނީ މެރިޓައިމް ސޭފްޓީ، ރޯޕް ވޯކް، ޝިޕްގައި ހުރި ސޭފްޓީ އެކުއިޕްމަންޓާއި އޭގެ ބޭނުންތަކާއި، ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު، 191 އާ ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައެވެ.
މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑު ޝިޕް ހުރަވީގައި މަސައްކަތްކުރާ ސިފައިންނެވެ.
ކޮމެންޓު ފޮނުވާ