ކަޅުއޮށްފުންމީގެ ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަޑައިން ހެދުނު، 400 އަހަރުވީ ކާނި ގަހުގައި ރޯކޮށްލައިފި

ކަޅުއޮށްފުންމީގެ ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަޑައިން ހެދުނު، 400 އަހަރުވީ ކާނި ގަހުގައި ރޯކޮށްލައިފި

Author
ހުސެއިން
28 ފެބްރުއަރީ 2024 12:07
0

ތިލަދުންމަތީ ބާރަށު އީދުކުޅޭ މަގުގައި ހުންނަ، އުމުރުން 400 އަހަރުވީ ކަމަށް ބުނާ ތާރީޚީ ކާނި ގަހުގައި ރޯ ކޮށްލައިފިއެވެ.

މި ތާރިޚީ ކާނި ގަހުގައި ރޯކޮށްލާފައިވަނި ރޭގެ ވަގުތެއްގައެވެ. ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ބެލެވޭގޮތުގައި މިއީ ސިޔާސީ ހިޔާލުތަފާވުމުގެ ތެރޭން ހިނގިކަމެއް ކަމުގައެވެ. އަދި މިކަން ކުށްވެރިކޮށް، މިކަން ކުރިބަޔަކަށް ހައްގު އަދަބު ދިނުމަށްވެސް ގޮވާލާފައި ވެއެވެ.

ސޯޝަލް މީޑިއާގައި ފެންނަ ފޮޓޯތަކުން އިނގޭގޮތުގައި ކާނިގަސްވަނީ އަނދާ ހުލިވެފައެވެ.

ތާރީޚު ދިރާސާކުރާ ފަރާތެއް ކަމުގައިބާ ނާޖިހު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވާ ގޮތުގައި ތިލަދުންމަތީ ބާރަށު އީދުކުޅޭ މަގުގައި، ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ، ކާނިކަޑައިން ހެދި ބޮޑުވެފައި ހުރި ޒަމާންވީ ބިޔަ ކާނިގަހަށް މިހާރު 400 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ.

މިގަސް އަންދާލުމާއި ގުޅިގެން ކުރީގެ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވަނީ މި މައްސަލަ ވީ އެންމެ އަވަހަކަށް ބަލައި ފިޔަވަޅު އަޅަން ގޮވާލާފައެވެ.

މި ފަދަ ތާރީޚީ ތަކެއްޗާއި ތަންތަން ހަލާކު ކުރާ މީހަކަށް / ބަޔަކަށް ފިޔަވަޅު އެޅުމުގެ ބާރު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުން ލިބިދީފައިވޭ.

ޔުމްނާ ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.