ފާނަބަސަންދު ފެތުރޭތީ ރައްކާތެރިވުމަށް އެޗްޕީއޭ އިން އެދިއްޖެ

ފާނަބަސަންދު ފެތުރޭތީ ރައްކާތެރިވުމަށް އެޗްޕީއޭ އިން އެދިއްޖެ

ގުޅުންހުރި

ފާނަބަސަންދު ފެތުރޭތީ އެ ބަލިން ރައްކާތެރިވުމަށް، ހެލްތު ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ވައިރަހަކުން ޖެހޭ މި ބަލި އާންމުކޮށް ކުޑަކުދިންނަށް ޖެހުނު ނަމަވެސް ބޮޑެތި މީހުންނަށް ވެސް ޖެހޭ ކަމަށެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުން، ވަރުދެރަވުން، ނޭފަތުން ފެން އައުން އަދި ހަމުގައި ފެންއަރާފައި ހުންނަ ބިހިތަކެއް ނެގުން ހިމެނެއެވެ.

މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔަކަށްވާއިރު ބަލިޖެހިފައިވާ މީހެއް ކެއްސާ، ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުން ވެސް މި ބަލި ފެތުރެއެވެ. ބިހި ނަގާފައި ހުރި މީހެއް ގައިގައި ބީހުމުން ނުވަތަ ބަލި ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތުވާލި ފަދަ ތަކެތި ބޭނުންކުރުމަކީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމެކެވެ.

އަދި ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން މި ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެއެވެ.

ފާނަބަސަންދުގެ އަލާމާތްތައް:

ވަރުބަލިކަން އިހްސާސްކުރެވުން
ހުންއައުން: 38°C (100.4F) އިން 39.4°C (103F) ގެ މިންވަރަކަށް ހުމުގެ އަސަރު ހުރުން
ކާހިތްނުވުން
ބޮލުގައި ރިއްސުން
ކެއްސުން
ކަރަށް ތަދުވުން
ބަނޑުގައި ރިއްސުން
ބްލިސްޓަރސް (ފެންއަރާފައި ހުން ބިހިތަކެއް) ނެގުން

ބަލި ޖެހިއްޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުމަށާއި ގެއިން ބޭރަށް ނުދިޔުމަށާއި ވެކްސިން ނުޖަހާނަމަ އެ ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި ބަލި ޖެހޭ މީހުން ހިފައި ގެންގުޅޭ ތަކެތި ވެސް އެކަހެރިކުރުމަށް އެދުނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ