‘ފަޔަރ ޕްރިވެންޝަން ވީކް' 6 ރަށެއްގައި ފާހަގަ ކޮށްފި

‘ފަޔަރ ޕްރިވެންޝަން ވީކް' 6 ރަށެއްގައި ފާހަގަ ކޮށްފި

Author
ހުސެއިން
27 ފެބްރުއަރީ 2024 09:49
0
ފަޔަރ ޕްރިވެންޝަން ވީކް ފާހަގަ ކުރުމުގެ ގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މިމަހުގެ 25 އަދި 26 ވަނަ ދުވަހު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އިސްނަގައިގެން، އެ އޭރިއާއަށް ނިސްބަތްވާ ރަށްތަކުގެ ތެރެއިން ހަ ރަށެއްގައި މި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި ހަރަކާތްތައް ކުރިއަށް ގެންދިޔަ ރަށްތަކުގެ ތެރޭގައި ގދ.ތިނަދޫ، ގދ.ގައްދޫ، ގދ.ވާދޫ، ގދ.ފަރެސްމާތޮޑާ، ގދ.ފިޔޯރީ އަދި ގދ.ރަތަފަންދޫ ހިމެނެއެވެ.
ފަޔަރ ޕްރިވެންޝަން ވީކް ފާހަގަ ކުރުމުގެ ގޮތުން މިމަހުގެ 25 ވަނަ ދުވަހު ގދ. ތިނަދޫ ސިޓީގައި ޑޯ ޓު ޑޯ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ގދ. ތިނަދޫ ސިޓީގެ ޑަބްލިޔުޑީސީގެ ފުރިހަމަ އެއްބާރުލުމެއް ލިބިފައިވެއެވެ.
މިމަހު 25 ވަނަ ދުވަހު ގދ.ގައްދޫ އަދި ގދ.ވާދޫގައި ވެސް ވަނީ ފަޔަރ ޕްރިވެންޝަން ވީކް ފާހަގަ ކުރުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގައި ގދ. ގައްދޫގައި ކުރިއަށް ގެންދިޔަ ސެޝަންގައި 30 ފަރާތަކުން ބައިވެރިވެފައިވާއިރު ގދ.ވާދޫގައި ކުރިއަށް ގެންދިޔަ ސެޝަންގައި 28 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މިމަހު 26 ވަނަ ދުވަހު ވަނީ ގދ.ފިޔޯރީ އަދި ގދ.ރަތަފަންދޫގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ގދ. ފިޔޯރީގައި ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ ސެޝަންގައި އެރަށުގެ 20 ފަރާތަކުން ބައިވެރިވިއިރު، ގދ. ރަތަފަންދޫގައި ކުރިއަށް ގެންދިޔަ ސެޝަންގައި 36 ފަރާތަކުން ބައިވެރިވިއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތްތަކަކީ އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމަށް ހޭލުންތެރިކުރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.