ށ. ފަރުކޮޅުން ފެނުނު ކިނބޫ ރާއްޖެއިން ބޭރު ކަނޑަށް ދޫކޮށްލައިފި

ށ. ފަރުކޮޅުން ފެނުނު ކިނބޫ ރާއްޖެއިން ބޭރު ކަނޑަށް ދޫކޮށްލައިފި

Author
ހުސެއިން
26 ފެބްރުއަރީ 2024 12:03
0

ށ. އަތޮޅު ފަޅުރަށެއް ކަމުގައިވާ ފަރުކޮޅުން ފެނުނު ކިނބޫ ބޭރު ކަނޑަށް ދޫކޮށްލާފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. ކިނބޫ ރާއްޖޭއިން ބޭރަށް ދޫކޮށްލާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މިމަހުގެ 25 ވަނަ ދުވަހު ފެނުނު ކިނބުލާވެސް އެމްއެންޑީއެފްއިން ވަނީ ހަމަ އެދުވަހު ހަވާލުވެފައެވެ. އެކިނބޫ ފެނިފައިވަނީ ށ. އަތޮޅު ފަރުކޮޅު ނަމަކަށް ކިޔާ ފަޅު ރަށަކުންނެވެ.

އެމްއެންޑިއެފް ވިދާޅުވެފައިވަނީ، ކިނބޫ މިފެންނަ ކިނބޫތައް އާންމު ގޮތެއްގައި ރާއްޖެއިން ބޭރަށް ދޫކޮށްލަނީ ކަމުގައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯއަކުން އެނގޭ ގޮތުގައި ކިނބޫ ފެނިފައިވަނި އެރަށުގެ އެއްގަމުންނެވެ. އެހެންނަމަވެސް ކިނބޫ ހިފަން ކުރި މަސައްކަތުގެ ތެރޭގައި އޭތި މޫދަށް ފައިބައިގެން ދިޔަތަންވެސް ސޯޝަލް މީޑިއާއިން ފެންނަ ވީޑިއޯއިން އެނގެންހުރެއެވެ. އެހެންނަމަވެސް ފަހުން ޑިންގީގައި ބަޔަކުގޮސް ވަނީ ކިނބޫ ހިފާފައެވެ.

މައުލޫމާތު ލިބުނު ގޮތުގައި ކިނބޫ އެންމެ ފުރަތަމަ ފެނުނީ އެރަށަށް ދަތުރުގޮސް އުޅުނު ބަޔަކަށެވެ.

ދ. އަތޮޅުގެ ރިސޯޓަކުންވެސް ފާއިތުވި ހަފްތާގައި ވަނީ ކިނބުލެއް ފެނިފައެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި ސިފައިންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައިވާކަމަށްވެސް ބުނެފައި ވެއެވެ.

ކިނބޫ ފެނިފައިވަނީ ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.