ކަލާފާނު ސްކޫލުގެ 'ޕީޑީ ޑޭ' ގައި ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށް ގެންގޮސްފި

ކަލާފާނު ސްކޫލުގެ 'ޕީޑީ ޑޭ' ގައި ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށް ގެންގޮސްފި

Author
ހުސެއިން
25 ފެބްރުއަރީ 2024 11:07
0
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކަލާފާނު ސްކޫލުގެ 'ޕީޑީ ޑޭ' ގައި ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.
ފެބުރުވަރީ 24 ވަނަ ދުވަހު އެ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ކުލާހުގައި، އެ ސްކޫލުގެ ޓީޗަރުންނާއި އެހެނިހެން މުވައްޒަފުން ހިމެނޭހެން 169 ފަރާތެއް ބައިވެރިވިއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ކުލާހުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތް ފަދަ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ. އަދި މި ކުލާހުގައި ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައި ދެވުނެވެ.
މި ކުލާހުގައި ކިޔަވައިދިނީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.