މާޅޮހު ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިޔަށް ދަނީ

މާޅޮހު ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިޔަށް ދަނީ

Author
ހުސެއިން
24 ފެބްރުއަރީ 2024 10:29
0

އއ. މާޅޮހު ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

މި ބައި-އިލެކްޝަނަކީ މާޅޮހު ކައުންސިލުން އަންހެނުންނަށް ޚާއްސަކުރާ ގޮނޑިއަށް ބާއްވާ ބައި-އިލެކްޝަނެކެވެ. މި ބަައި-އިލެކްޝަންގައި 2 ކެންޑިޑޭޓަކު ވާދަކުރެއެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެކެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8 އިން ހަވީރު 4 އަކަށް ކަމަށެވެ. ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ މާޅޮހު ސްކޫލާއި ދަރުބާރު ގޭގައެވެ. މި ބައި-އިލެކްޝަންގައި 558 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.

މީގެ އިތުރުންވެސް އިތުރު ބައި-އިލެކްޝަންތަކެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިޢުލާނުކޮށްފައެވެ. އޭގެ ތެރޭގައި ހއ. ތަކަންދޫ ކައުންސިލުން ހުސްވެފައިވާ އަންހެން މެންބަރުގެ ގޮނޑިއަށް ބާއްވާ ބައި-އިލެކްޝަނާއި، ނ. ވެލިދޫ ކައުންސިލުން ހުސްވެފައިވާ މެންބަރުކަމުގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން ހިމެނެއެވެ.

ހަމައެހެންމެ، ނ. މާފަރު ކައުންސިލްގެ އަންހެން މެންބަރާއި މ. މަޑުއްވަރީ ކައުންސިލްގެ ރައީސަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ކުރިމަތިލުމުގެ ފުރުޞަތުވެސް މިހާރު އިލެކްޝަނުން ވަނީ ހުޅުވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.