މުސާރަ ލިބޭގޮތަށް ފަނޑިޔާރުންނަށް އެއްއަހަރުގެ ޗުއްޓީ ލިބޭ ގޮތަށް ހަދައިފި

މުސާރަ ލިބޭގޮތަށް ފަނޑިޔާރުންނަށް އެއްއަހަރުގެ ޗުއްޓީ ލިބޭ ގޮތަށް ހަދައިފި

Author
މުޙައްމަދު ޝަޒައިމް
17 ޑިސެމްބަރ 2020 01:05
0

ފަނޑިޔާރަކަށް ދިމާވާ ޚާއްސަ ޙާލަތަކާއި ގުޅިގެން، ދިމާވާ ކަމަކާއި ގުޅުންހުރި ލިޔެކިޔުންތަކާއެކު ހުށަހެޅުމުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުޞޫލަކުން މުސާރައާއި ޢިނާޔަތްތަކުން އުނިނުވާ ގޮތަށް ޚާއްސަ ޗުއްޓީއެއް ދެވޭގޮތައް އުސޫލު އިސްލާހް ކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު އާއްމުކުރި ސާކިއުލާއެއްގައި ބުނެފައިވަނީ ޞިއްޙީ ސަބަބުތަކަށްޓަކައި ފަނޑިޔާރުންނަށް ޗުއްޓީ ދެވޭނީ ޑޮކްޓަރެއްގެ ސެޓްފިކެޓަކާއެކު، ފަނޑިޔާރެއްގެ ނުވަތަ ފަނޑިޔާރެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއްގެ (ދަރިން، މައިންބަފައިން، އަނބިމީހާ، ފިރިމީހާ އަދި އިމީޑިއަޓް ފެމިލީ) ޞިއްޙީ ސަބަބުތަކަށްޓަކައި ދެވޭ ދިގު މުއްދަތުގެ ޗުއްޓީއަކަށް ފަނޑިޔާރަކު އެދުމުންނެވެ.

މުސާރައާއި ޢިނާޔަތްތަކުން އުނިނުވާ ގޮތަށް ޚާއްސަ ޗުއްޓީއެއް ދިނުމުގެ އިތުރުން ޞިއްޙީ ސަބަބުތަކަށްޓަކައި ދެވޭ ދިގު މުއްދަތުގެ ޗުއްޓީއަކަށް ފަނޑިޔާރަކު އެދިއްޖެ ނަމަވެސް މުސާރައާއި ޢިނާޔަތްތަކުގެ ދެބައިކުޅަ އެއްބައި ދޭގޮތަށް އެއްއަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތެއްގެ ޗުއްޓީއެއް ފަނޑިޔާރުންނަށް ދެވިދާނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޗުއްޓީ ނަންގަވާ ހާލަތްތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހިންގުން ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ އުއްތަމަ ފަނޑިޔާރު ކަމަށާއި އަދި ހައިކޯޓުގެ އިސްފަނޑިޔާރު ޗުއްޓީ ނަންގަވާ ހާލަތުގައި ހައިކޯޓުގެ ހިންގުން ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.