ޝަހީމް މިހެން ވިދާޅުވީ، ރާއްޖޭގެ ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ މިސްރާބު އޮޅި ފާލުން ނެއްޓިފައިވާތަން ކަަމަށް ވިދާޅުވެ، ބުދަ ދުވަހުގެ ރޭ ތިމަރަފުށީ ދާއިރާގެ ކެންޑިޑޭޓްގެ މާލެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ރާއްޖެ ވަނީ ފާލުން ނެއްޓި ކައްސާލާފައި ކަމަށާއި، މިހާރު ދަނީ ހަމަ ސީދާ ފަރަށް އަރަން ކަމަށެވެ.
ޝާހިދުގެ ވާހަކައަށް ރައްދު ދެއްވަމުން ޝަހީމް ވިދާޅުވީ، ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ޤާނޫނީ ދިމިޤުރާޠީ ވެރިކަން ކުރުމަށް ޖެއްސުންކޮށް އިނދަޖައްސާލަން މަސައްކަތް، ޒުވާން ތައުލީމީ ޖީލު ނިކުމެ ފެއިލްކުރާނެ ކަމަށެވެ. އަދި ޝާހިދު އެމްޑީޕީގެ ޒަޢާމަތަށް އައުމަކީ އެމްޑީޕީގެ އަސްލުނެތިވެ ފާލުން ނެއްޓިފައިވާކަމުގައި ސިއްކަ ޖެހުން ކަމުގައި ޝަހީމް ވިދާޅުވިއެވެ.
ރޭ ތިމަރަފުށީ ދާއިރާގެ ކެންޑިޑޭޓްގެ މާލެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ ބަލާލި ކޮންމެ ދިމާލަކުން ފެންނަން މިއޮތީ މިސްރާބު އޮޅިފައިވާތަން ކަމަށާއި، ރާއްޖެ ވަނީ ފާލުން ނެއްޓި ކައްސާލާފައިކަމަށެވެ.
މިހާރު މިދަނީ ސީދާ ފަރަށް އަރަން. އަޅުގަނޑުމެންގެ ވަރުގަދަ މި ރީނދޫ ލަޝްކަރު އުތުރާއި ދެކުނާއި، އަނެއްކާވެސް މެދުރާއްޖެ ތެރޭގައި މާލޭގައި އަނެއްކާވެސް މިފެތުރިގަންނަނީ..
ޝާހިދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ